ކޮވިޑް-19

ޚަބަރު

އުނގޫފާރުގައި ކުޑަކުދިންގެ ދުވަސް ފާހަގަކޮށްފި

އުނގޫފާރު ސްކޫލުން އިންތިޒާމްކޮށްގެން އުނގޫފާރުގައި މިއަހަރުގެ ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ. މިއަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް އޮތީ އިއްޔެ ހަވީރު އުނގޫފާރު ޕޮލިސް ސްޓޭޝަނާ ދިމާ އަތިރިމަތީގައެވެ. މި ހަރަކާތްތަކުގައި އުނގޫފާރުގެ ގިނަ އަދަދެއްގެ ކުޑަކުދިންނާއި އެކުދިންގެ ޢާއިލާތައް ބައިވެރިވެފައިވެއެވެ.

އުނގޫފާރުގައި 2019 ވަނަ އަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރުން – ފޮޓޯ: އުނގޫފާރު ސްކޫލް

އެހެން އަހަރުތަކޭ ޚިލާފަށް މިއަހަރު ކުޑަކުދިންގެ ދުވަސް އިންތިޒާމްކޮށްފައި ވަނީ މޫދު ކުޅިވަރުތަކަށް ޙާއްސަކޮށް، މޫދު ކުޅިވަރުތައް ކުޅެވޭ ގޮތަށް އަތިރިމަތީގައެވެ.  އުނގޫފާރު ސްކޫލުން މަޢުލޫމާތު ދިން ގޮތުގައި މި ހަރަކާތް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިއުމުގައި  އުނގޫފާރު ކައުންސިލް، ރ.އަތޮޅު ކައުންސިލް، ރ.އަތޮޅު ޕޮލިސް، އުނގޫފާރު މެޖިސްޓްރޭޓް ކޯޓް، އެސްޖޭ ކޮންސްޓްރަކްޝަން އަދި ޔޫއެޗްއެލް ޓްރޭޑާސްގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެން ދިއައެވެ.

އުނގޫފާރުގައި 2019 ވަނަ އަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރުން – ފޮޓޯ: އުނގޫފާރު ސްކޫލް

އިއްޔެގެ ހަރަކާތްތަކުގައި ގިނަ އަދަދެއްގެ ސްޓޯލްތައް ފެނިގެން ގޮސްފައިވެއެވެ. އަދި އިއްޔެ އަކީ ވިއްސާރަ ދުވަހަކަށް ވުމާއެކު އެކަން ވެގެން ދިޔައީ ކުޑަކުދިންނަށް މިހަރަކާތްތައް އިތުރަށް އުފާވެރިވެ ފުރިހަމަކޮށްދިން ކަމަކަށެވެ.

އުނގޫފާރުގައި 2019 ވަނަ އަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރުން – ފޮޓޯ: އުނގޫފާރު ސްކޫލް

ކުޑަކުދިންގެ ދުވަހަކީ މެއި މަހުގެ 10 ވަނަ ދުވަހެވެ. އުނގޫފާރު ސްކޫލުން މަޢުލޫމާތު ދިން ގޮތުގައި ކުޑަކުދިންގެ ދުވަސް މިފަހަރު އެއަށްވުރެ ކުރިން ފާހަގަ މި ކުރީ މެއި 10 ވަނަ ދުވަހަކީ ކުރިއަށް ރަމަޟާން މަހުގެ ދުވަހެއް ކަމުން، ރަމަޟާން މަހުގެ ތެރޭގައި އެކަން ކުރިއަށް ގެންދިއުމަކީ އުނދަގޫ ކަމެއް ކަމުގައި ވާނެތީއެވެ.

އުނގޫފާރުގައި 2019 ވަނަ އަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރުން – ފޮޓޯ: އުނގޫފާރު ސްކޫލް
ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close