ޙަބަރު

އޮޑިޝަން ބާއްވާ އެންމެ ރަނގަޅު 10 ބައިވެރިން ހޮވައިފި

އުފާއިން އިންތިޒާމްކޮށްގެން މިހާރު ކުރިއަށްދާ ޤުރްއާން މުބާރާތް “ޒިލާން އަލިގަދަ ތަރި 2019” ގެ އޮޑިޝަން ބާއްވާ އެންމެ ރަނގަޅު 10 ބައިވެރިން ހޮވައިފިއެވެ. މި މުބާރާތުގެ އޮޑިޝަން އޮތީ މިއަދު މެންދުރުފަހު ކުލަބު ޔޫތުސްޓަރ ހޯލްގައެވެ.

މި މުބާރާތުގެ އޮޑިޝަންގައި ބައިވެރިވުމަށް 10 ފިރިހެން ބައިވެރިންނާއި 21 އަންހެން ބައިވެރިންނާއެކު ޖުމްލަ 31 ބައިވެރިން ނަންނޯޓުކޮށްފައިވެއެވެ. އަދި އޮޑިޝަންގައި 29 ބައިވެރިން ބައިވެރިވެފައިވެއެވެ. އެއީ 10 ފިރިހެން ބައިވެރިންނާއި 19 އަންހެން ބައިވެރިންނެވެ.

ޒިލާން އަލިގަދަތަރި 2019ގެ އޮޑިޝަންގެ ތެރެއިން – ފޮޓޯ: ޠާހާ ހުސެއިން

އޮޑިޝަން ކުރިއަށް ދިޔައީ ކޮންމެ ބައިވެރިއަކާ ވެސް 2 ސުވާލު ކުރާ ގޮތަށެވެ. އެއީ އެ ބައިވެރިޔަކު ބޭނުން ތަނަކުން ބަލައިގެން ކިޔެވުމާއި، ޖަޖުން ދައްކާ ތަނަކުން ބަލައިގެން ކިޔެވުމެވެ. މުބާރާތުގެ ފަނޑިޔާރުންނަކީ ހިދާޔާ ހާމީދު، ފާތިނާ ހާމިދު އަދި ބަސްމަލަތު އިބްރާހީމްއެވެ. އޮޑިޝަންއަށް ފަހު އެންމެ ގިނަ މާކުސް ލިބުނު 10 ބައިވެރިން ހޮވާ، އެ ބައިވެރިންނަށް ވަނީ މުބާރާތުގެ ޓިކެޓު ހަވާލުކޮށްފައެވެ. އޮޑިޝަނުން ހޮވުނު 10 ބައިވެރިންނަކީ:

1) ރައިން ރުޝްދީ، ޖަވާހިރުމާގެ، ރ.އުނގޫފާރު، 13 އަހަރު

2) ޝައްމާ އިބްރާހީމް، ހުވަނދުމާގެ، ރ.އުނގޫފާރު، 13 އަހަރު

3)  އައިމިނަތު ޒަބާ އަދުނާން، ރަތްމުއި، ރ.އުނގޫފާރު، 14 އަހަރު

4) ފާޠިމަތު ނައީޝާ ޖާދުﷲ އަބްދުލް ބާރީ، ނަޖަފް، ރ.އުނގޫފާރު، 16  އަހަރު

5) އައިޝާތު އީމާ އަހުމަދު، އުދަރެސް، ރ.އުނގޫފާރު، 11 އަހަރު

6) ފާޠިމަތު އަމާނީ އަހުމަދު، ހަނދުވަރީގެ، ރ.އުނގޫފާރު، 9 އަހަރު

7) އުންމުހާނީ ބިންތު އަހުމަދު، ސީނުގެ، ރ.އުނގޫފާރު، 16 އަހަރު

8) އަހްލަމް ވިޝާމް، ނީލޯފަރުގެ، ރ.އުނގޫފާރު، 12 އަހަރު

9) އަމަތުﷲ ލަޠީފް، ފަންގި، ރ.އުނގޫފާރު، 45 އަހަރު

10) މަރިޔަމް އާލާ ޢަލީ، ވެލަނބުލިގެ، ރ.އުނގޫފާރު، 18 އަހަރު

9 އަހަރުން މަތީގެ ފަރާތްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ ގަދަ 10 އަކަށް ހޮވިފައިވާ ބައިވެރިންގެ ތެރެއިން އެންމެ ބައިވެރިއަކު ފިޔަވާ ދެން ހުރިހާ ބައިވެރިންނަކީ އުމުރުން 9 އަހާރާއި 18 އަހަރާ ދެމެދުގެ ބައިވެރިންކަން ފާހަގަކޮށްލަންޖެއެވެ.

ޒިލާން އަލިގަދަތަރި 2019ގެ އޮޑިޝަންގެ ތެރެއިން – ފޮޓޯ: ޠާހާ ހުސެއިން

އޮޑިޝަނުން ހޮވުނު މި 10 ބައިވެރިންގެ ކިޔެވުން އޮންނާނީ ރަމަޟާން މަހުގެ ފުރަތަމަ ހަފުތާއެވެ. މި 10 ބައިވެރިންގެ ތެރެއިން 1 ވަނަ، 2 ވަނަ އަދި 3 ވަަނަ  ހޮވުމަށް 80 ޕަސެންޓް ނަގާނީ ޖަޖުންގެ މާކުހުންނެވެ. އަނެއް 20 ޕަސެންޓް ނަގާނީ 10 ބައިވެރިންގެ ކިޔެވުން ހިމެނޭ ވީޑިއޯ ރިކޯޑިން އުނގޫފާރު.ކޮމް ގެ ފޭސްބުކް ޕޭޖަށް އަޕްލޯޑް ކުރުން ބެލުންތެރިން ދޭ “ލައިކްސް” އަށް ބަލައިގެންނެވެ. ބައިވެރިންގެ ސަޕޯޓަރުންނަށް ފޭސްބުކް ލައިކްސް ހޯދުމާ އެމީހަކަށް އެންމެ ކަމުދާ ބައިވެރިއެއް ޕްރޮމޯޓު ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ޒިލާން އަލިގަދަތަރި 2019ގެ އޮޑިޝަންގެ ތެރެއިން – ފޮޓޯ: ޠާހާ ހުސެއިން

އުނގޫފާރުގެ އަމިއްލަ ފަރާތެއް ކަމުގައިވާ މުޙައްމަދު ސުޒީލް (ޒިލާން) ގެ ޒިލާން ޕްރައިވެޓް ލިމިޓެޑާއި އުފާ ގުޅިގެން ކުރިއަށް ގެންދާ މި މުބާރާތުގެ 1 ވަނަ އަށް 10000ރ ގެ ފައިސާގެ އިނާމެއް ކަނޑައަޅާފައިވެއެވެ. މީގެ އިތުރުން މުބާރާތުގެ 2 ވަނަ އަށް 5000ރ އަދި 3 ވަނަ އަށް 2000ރ ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ނިންމާފައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close