ކޮވިޑް-19

ޚަބަރު

ކުލަބު ޔޫތު ސްޓާރ އިން އަވައްޓެރިންނަށް ރޯދަ ހަދިޔާ ބަހައިފި

ކުލަބު ޔޫތު ސްޓާރ އިން އެ ކުލަބުގެ މަރުކަޒުގެ އަވައްޓަރި ގެތަކަށް ރޯދަ ހަދިޔާ ބަހައިފިއެވެ. ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް ކުލަބުން ރޯދަ ހަދިޔާ ބަހާފައި ވަނީ ކުލަބު ޔޫތުސްޓާރގެ މަރުކަޒު ވަށައިގެންވާ 6 ގެއަކަށެވެ. މި ހަރަކާތް ކުރިއަށް ދިޔައީ މިއަދުގެ ހަވީރުގެ ވަގުތެއްގައެވެ.

ކުލަބު ޔޫތު ސްޓާރ އިން އަވައްޓެރިންނަށް ރޯދަ ހަދިޔާ ބެހުން

ކުލަބު ޔޫތުސްޓަރގެ ފަރާތުން އުނގޫފާރު.ކޮމް އަށް މަޢުލޫމާތު ދެއްވަމުން ކުލަބުގެ ނައިބު ރައީސް މުޙައްމަދު ޢަބްދުއް ޝަކޫރު ވިދާޅުވީ މި ރޯދަ ހަދިޔާ އަކީ ކުލަބު މަރުކަޒު ވަށައިގެންވާ ގޭތަކުން މަގުމަތި ކުނި ކަހާ އިރު، މަގުގެ، ކުލަބު މަރުކަޒަށްވީ ފަޅިވެސް ކުނިކަހާ ސާފުކޮށް ބަލަހައްޓަމުންދާތީ އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން ދިން ހަދިޔާއެކެވެ.

ކުލަބު ޔޫތު ސްޓާރ އިން އަވައްޓެރިންނަށް ރޯދަ ހަދިޔާ ބެހުން

އެގޮތުން ކޮންމެ ގެޔަކަށް ވެސް ބިސް ކޭހަކާއި، ވިޔާ ބަސްތާ އަކާއި، ގެރިކިރު، އަލަނާސި ދަޅުގެ އިތުރުން އަދިވެސް ރޯދައަށް ބޭނުންވާ އިތުރު އައިޓަމްތައް ކުަލަބުން ވަނީ ހަދިޔާކޮށްފައެވެ. މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަކީ އަންނަ ހޯމަ ދުވަހެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close