ކޮވިޑް-19

ޚަބަރު

އުފާ ރޯދަ ކުއިޒް 1440 މާދަމާ ފެށޭނެ

 

އުނގޫފާރު ފޯސްޓަރިން އެވެއާނެސް އެސޯސިއޭޝަން (އުފާ) އިން ކޮންމެ ރަމަޟާން މަހު ބައްވަމުން އަންނަ ދީނީ ސުވާލު މުބާރާތް “އުފާ ރޯދަ ކުއިޒް” ގެ މިއަހަރުގެ މުބާރާތް މާދަމާ ފެށޭނެއެވެ. މިއީ އުފާއިން ހިންގާ “އުނގޫފާރު.ކޮމް” އޮންލައިން ނޫހުގައި އޮންލައިންކޮށް ކުރިއަށްދާ މުބާރާތެކެވެ.

މި ކުއިޒް ކުރިއަށް ދާނީ އުނގޫފާރު.ކޮމް ގެ ޓީމުން ތައްޔާރުކޮށްފައިވާ އޮންލައިން ޕޯޓަލް އެއްގައެވެ. މި ޕޯޓަލްއަށް ރަމަޟާން މަހުގެ ކޮންމެ ދުވަހަކު ވެސް އެ ދުވަހެއްގެ ސުވާލު ލެވޭނެއެވެ. ސުވާލަށް ޖަވާބު ދެވޭނީ އެމީހެއްގެ ދިރާގު ނުވަތަ އޫރިދޫ ނަންބަރު އަދި ފޯނަށް ފޮނުވޭ އޯޓީޕީ ކޯޑެއް ބޭނުންކޮށްގެންނެވެ.

މި ކުއިޒްގެ އެންމެ ގިނަ ޖަވާބު ދިމާކުރާ 3 ފަރާތެއް ހޮވާ 1 ވަނަ، 2 ވަނަ އަދި 3 ވަނަ އަށް ފައިސާގެ އިނާމެއް ދެވޭނެއެވެ. އުފާ ރޯދަ ކުއިޒް އަކީ އުނގޫފާރު.ކޮމް ގެ ކިޔުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުންދާ މުބާރާތެކެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close