ކޮވިޑް-19

ޚަބަރުރ.އަތޮޅު

ރަމަޟާން މަހު ކޮންމެ ދުވަހަކު 1 ގަޑި އިރަށް ޤުރްއާން ކިޔެވުމުގެ ހަރަކާތެއް ކުރިއަށް ގެންދަނީ

ފުނޫނުލް ޤުރްއާން އަދި ޖަމިއްޔަތުއް ސައިފް ގުޅިގެން ރަމަޟާން މަހުގެ ކޮންމެ ދުވަހަކު 1 ގަޑި އިރަށް ޤުރްއާން ކިޔެވުމުގެ ހަރަކާތެއް ފަށައިފިއެވެ. މި ހަރަކާތުގައި އުނގޫފާރުގައި ހުންނަ ފުނޫނުލް ޤުރްއާން ކުލާހުގައި ކޮންމެ ދުހަކު ވެސް 1 ގަޑި އިރު ވަންދެން ޤުރްއާން ކިޔެވުން ކުރިއަށް ދާނެއެވެ.

މުޅިން ހިލޭ ބައިވެރިވެވޭ މި ހަރަކާތުގައި ބައިވެރިވުމަށް ނަންނޯޓު ކުރުން ވަނީ ހުޅުވާލާފައެވެ. 30 ޖާގައިގެ މި ހަރަކާތުގައި ބައިވެރިވުމަށް ނަން ނޯޓު ކުރުމަށް ބައިވެރިއާ ކުއްޖާގެ ނަމާއި ގުޅޭނެ ނަންބަރު 7665665 އަކަށް މެސެޖު ކުރުމަށް ފުނޫނުލް ޤުރްއާން އެދެއެވެ. ކުޑަކުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި ހަރަކާތުގައި ބައިވެރިވެވޭނީ އުމުރުން 12 އަހަރާއި 16 އަހަރާ ދެމެދުގެ ކުދިންނަށެވެ.

މި ހަރަކާތުގެ ފުރަތަމަ ބުރު މިއަދު ހަވީރު ކުރިއަށް ގެންގޮސްފައި ވެއެވެ. އަދި މި ހަރަކާތް ރަމަޟާން މަހު ކޮންމެ ދުވަހަކު ވެސް ކުރިއަށް ދާނެ ކަމަށް ފުނޫނުލް ޤުރްއާން އިން މަޢުލޫމާތުދެއެވެ. ފުނޫނުން ޤުރްއާންގެ ފަރާތުން އުނގޫފާރުގައި އަންނަނީ ޤުރްއާން ކުލާހެއް ހިނގާ ގިނަ އަދަދެއްގެ ކުދިންނަށް ޤުރްޢާން އުގަންނައިދެމުންނެވެ.

އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close