ޚަބަރުދީން

ފިތުރު ޒަކާތް ބަލައިގަތުން 9:15 އިން 12:00 އަށް

އުނގޫފާރު ކައުންސިލަށް މިއަހަރުގެ ރަމަޟާންމަހު ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑި ތަކާއި ފިތުރު ޒަކާތް ބަލައިގަތުމުގެ އެމްނެހައި ކަންކަމުގެ މައުލޫމާތު އެކައުންސިލުން އިއުލާނުކޮށްފިއެވެ.

އުނގޫފާރު ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވާ ގޮތުން ފިތުރު ޒަކާތް ބަލައިގަންނާނީ 7 މެއި 2019 އިން ފެށިގެން ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:15 އިން މެންދުރު 12:00 އަށެވެ.

ފިތުރު ޒަކާތް ބަލައި ގަތުމަށް ހަމަޖެހިފައިވަނީ ބޮލަކަށް 2 ކިލޯ 400 ގްރާމް ގެ ރޭޓުންނެވެ.

1- އާދައިގެ ހަނޑުލުން ނަމަ ބޮލަކަށް 12.00 ރުފިޔާއެވެ.

2- ތައިލެންޑް ހަނޑުލުން ނަމަ ބޮލަކަށް 43.20 ރުފިޔާއެވެ.

3- ބާސްމަތީ އާދައިގެ ހަނޑުލުންނަމަ ބޮލަކަށް 60.00 ރުފިޔާފއެވެ.

4- ބާސްމަތީ މޮޅު ހަނޑުލުންނަމަ ބޮލަކަށް 72.00 ރުފިޔާއެވެ.

5- އާދައިގެ ފުށުންނަމަ ބޮލަކަށް 9.60 ރުފިޔާއެވެ.

6- އާޓާ ފުށުންނަމަ ބޮލަކަށް 9.60 ރުފިޔާއެވެ.

ޒަކާތް ބަލައިގަތުމުގެ އެންމެ ފަހުތާރީހަކީ 29 ރަމަޟާން 1440، 3 ޖޫން 2019 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 އެވެ.

އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close