ޙަބަރުދީން

“ޒިލާން އަލިގަދަ ތަރި” ފައިނަލް ބުރުގެ ކިޔެވުން ބާއްވައިފި

ޒިލާން އަލިގަދަ ތަރި

އުފާއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ޤުރްއާން މުބާރާތް “ޒިލާން އަލިގަދަ ތަރި 2019” ގެ އޮޑިޝަނުން އެންމެ ރަނގަޅު ނަތީޖާ ހޯދި 10 ބައިވެރިންގެ މެދުގައި ބާއްވާ ފައިނަލްބުރުގެ ކިޔެވުން ކުރިއަށް ގެންގޮސްފިއެވެ. ފައިނަލް ބުރުގެ ކިޔެވުން ކުރިއަށް ގެންދިޔައީ އިއްޔެ މެންދުރުފަހު ކުލަބު ޔޫތުސްޓަރ ހޯލްގައެވެ.

މި މުބާރާތުގެ އޮޑިޝަންގައި ބައިވެރިވުމަށް 10 ފިރިހެން ބައިވެރިންނާއި 21 އަންހެން ބައިވެރިންނާއެކު ޖުމްލަ 31 ބައިވެރިން ނަންނޯޓުކޮށްފައިވެއެވެ. އަދި އޮޑިޝަންގައި 29 ބައިވެރިން ބައިވެރިވެފައިވެއެވެ. އެއީ 10 ފިރިހެން ބައިވެރިންނާއި 19 އަންހެން ބައިވެރިންނެވެ.

އޮޑިޝަން ކާމިޔާބުކޮށް ފައިނަލް ބުރުން ފުރުސަތު ހޯދާފައިވަނީ ފިރިހެން 2 ބައިވެރިންނާއި އަންހެން 8 ބައިވެރިންނެވެ.

ފައިނަލް ބުރުގައި ބައިވެރިންގެ ކިޔެވުމަށް ޖަޖުންގެ 80% ލިބޭއިރު އަނެއް 20% ލިބޭނީ ފޭސްބްކް ލައިކްސް އަށެވެ. ބައިވެރިންގެ ކިޔެވުމުގެ ވީޑިއޯ ރެކޯޑިން އުނގޫފާރު ޑޮޓް ކޮމް ގެ ފޭސްބްކް ޕޭޖްގައި ޝާއިއު ކުރާނެއެވެ. މި ވީޑިއޯ ތަކަށް ލައިކްސް ދިނުމުގެ ފުރުސަތު ވީޑިއޯ ޝާއިއު ކުރާ ދުވަހުންފެށިގެން ފިތުރު އީދު ވިލޭރޭ 12:00 އާއި ހަމައަށް އޮންނާނެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close