ޙަބަރު

އަމިއްލަ ފަރާތަކުން އުނގޫފާރު ކައުންސިލަށް 25 ގަސް ހަދިޔާކޮށްފި

އަމިއްލަ ފަރާތަކުން އުނގޫފާރު ކައުންސިލަށް 25 ފިތުރޯނު ގަސް ހަދިޔާކޮށްފިއެވެ. އުނގޫފާރު ކައުންސިލަށް މި ގަސްތައް ހަދިޔާކޮށްފައި ވަނީ އުނގޫފާރުގެ ޒުވާނެއް ކަމުގައިވާ ހަސަން ހުސެއިން (ވާލޯބި)، މޫނިމާގެ، ރ.އުނގޫފާރެވެ.

މިކަމާ ގުޅޭ ގޮތުން އުނގޫފާރު.ކޮމް އަށް މަޢުލޫމާތު ދެއްވަމުން އުނގޫފާރު ކައުންސިލްގެ ނައިބް ރައީސް މުޙައްމަދު އަފްލާހު ވިދާޅުވީ އާންމު ރައްޔިތަކު އިސްނަގައިގެން މިފަދަ ކަމެއް ކުރުމަކީ ކައުންސިލުން ވަރަށް އުފާކުރާ ކަމެއް ކަމަށާއި މިފަދަ ކަމަކަށް އިސްނެގީތީ އެފަރާތައް ވަރަށް ބޮޑަށް ޝުކުރު އަދާކުރާކަމެކެވެ. އަދި ކައުންސިލުން އަބަދުވެސް މިފަދަ ކަންކަމަށް މަރުހަބާ ކިޔާނޭ ކަމަށާއި މިއީ ކައުންސިލުން ވަރަށް ބޮޑަށް ބަލައިގަންނަ ކަމެއް ކަމަށް އަފުލާހު ވިދާޅުވިއެވެ.

އަފްލާހު މަޢުލޫމާތު ދިން ގޮތުގައި އެ ގަސްތައް އިންދުމުގައި ބޮޑަށް އިސްކަން ދޭނީ އުނގޫފާރު ބަނދަރު ފެހިކުރުމަށް ކައުންސިލުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ބަނދަރުގައި އެ ގަސްތައް އިންދުމަށެވެ. އަދި ކައުންސިލުން ތައްޔާރުކޮށްފައިވާ ރަށުގެ ލޭންޑް ޔޫސް ޕްލާން އާ އެއްގޮތަށް ރަށުތެރޭގެ ބައެއް ސަރަހައްދު ރަކުގައި ވެސް ގައްތައް އިންދާނެ ކަމަށް އަފްލާހު މަޢުލޫމާތުދެއްވިއެވެ.

އުނގޫފާރުގެ ނަޒުކު ތިމާވެށި ހިމާތައްކުރުމަށާއި އުނގޫފާރު ފެހިކުރުމަށް ޢާންމު ރައްޔިތުންގެ ފަރާތުން އެއްބާރުލުން ދިނުމަކީ ނުވަތަ ޙާއްސަކޮށް ޒުވާނުން މިކަމުގައި އިސްނެފުމަކީ ރަށުގެ ގުދުރަތީ ރީތި ކަން ދެމެހެއްޓުމާއި ތިމާވެއްޓާއި ރައްޓެހި ތަރައްޤީއެއް ރަށަށް ގެނައުމަށް ވަރަށް މުހިންމު ކަމެކެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close