ޚަބަރު

ކުލަބު ޔޫތު ސްޓާރގެ 16 ވަނަ ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ކުލަބު ޔޫތު ސްޓާރ އިން ކޮންމެ ރަމަޟާން މަހަކު ސިލްސިލާކޮށް ބާއްވަމުން އަންނަ ޤުރްއާން މުބާރާތުގެ 16 ވަނަ މުބާރާތް އިއުލާންކޮށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި މުބާރާތް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައި ވަނީ ބަލައިގެން އަދި ނުބަލާ ކިޔެވުމުގެ ގޮފި ހިމެނޭ ގޮތަށް 9 އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ 4 އަހަރުން ދަށާއި، 6 އަހަރުން ދަށާއި، 7 އަހަރުން ދަށާއި، 9 އަހަރުން ދަށާއި، 11 އަހަރުން ދަށާއި، 13 އަހަރުން ދަށާއި، 16 އަހަރުން ދަށާއި، 19 އަހަރުން ދަށް އަދި 19 އަހަރުން މަތީގެ އުމުރު ފުރާއެވެ.

މުބާރާތުގެ އެކި އުމުރު ފުރާތަކުގެ ބަލައިގެން އަދި ނުބަލާ ކިޔެވުމުގެ ގޮތްޕަށް ވަނީ އެ އުމުރުފުރައަކާ ގުޅޭ ގޮތުން މުޤައްރަރުތައް ކަނޑައަޅާފައެވެ. މި ގޮތުން 4 އަހަރުން ދަށުގެ ބަލައިގެން އަދި ނުބަލާ ކިޔެވުމުގެ ގޮފީގައި ކިޔަވާ ކުދިންނަށް ވަނީ ބޭނުން ސޫރަތެއް ކިޔެވުމުގެ ފުރުސަތު ހުޅުވާލާފައެވެ. މުބާރާތުގެ މުޤައްރަރު ތިރީގައި މިވަނީއެވެ.

އުމުރުފުރާބަލައިގެން ކިޔެވުމުގެ ގޮފިނުބަލާ ކިޔެވުމުގެ ގޮފި
4 އަހަރުން ދަށްބޭނުން ސޫރަތެއްބޭނުން ސޫރަތެއް
6 އަހަރުން ދަށްސޫރަތުއް ޢައުލާ އިން ސޫރަތުއް ޢަޞްރިސޫރަތުއް ޟުޙާ އިން ސޫރަތުއް ނާސި
7 އަހަރުން ދަށްސޫރަތުއް ބުރޫޖް އިން ސޫރަތުއް ތީންސޫރަތުއް ބަލަދު އިން ސޫރަތުއް ކައުޘަރު
9 އަހަރުން ދަށްސޫރަތުއް އިންފިޠާރު އިން ސޫރަތުއް ޟުޙާސޫރަތުއް އިންޝިޤާޤް އިން ސޫރަތުއް ޢަލަޤް
11 އަހަރުން ދަށްސޫރަތުއް ނަބާ އިން ސޫރަތުއް ޝަމްސްސޫރަތުއް ތަކްވީރް އިން ސޫރަތުއް ލައިލި
13 އަހަރުން ދަށްސޫރަތުއް މުރުސަލާތު އިން ސޫރަތުއް ތާރިޤްސޫރަތުއް ނަބާ އިން ސޫރަތުއް ބުރޫޖް
16 އަހަރުން ދަށް29 އަދި 30 ވަނަ ފޮތްސޫރަތުއް މުއްޒަންމިލް އިން ސޫރަތުއް ތަކްވީރު
19 އަހަރުން ދަށް28، 29 އަދި 30 ވަނަ ފޮތްސޫރަތުއް ޤަލަމް އިން ސޫރަތުއް މުރުސަލާތު
19 އަހަރުން މަތި26، 27، 28، 29 އަދި 30 ވަނަ ފޮތް28، 29 އަދި 30 ވަނަ ފޮތް

 

ކުލަބު ޔޫތު ސްޓާރ އިން މަޢުލޫމާތު ދޭ ގޮތުގައި މި މުބާރާތުގައި ބައިވެރިވުމަށް އުމުރު ފުރާ ބަލަން ހަމަޖެހިފަިވާ ގޮތަކީ މިއަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހު އެބައިވެރިއަކަށް ފުރިފައިވާ އުމުރެވެ. އަދި މި މުބާރާތުގައި ބައިވެރިވުމަށް ނަން ނޯޓު ކުރުމުގެ ފުރުސަތު 21 މެއި ވާ އަންގާރަ ދުވަހުގެ ރޭ 11:00 އަށް ވަނީ ހުޅުވާލާފައެވެ. ނަންނޯޓު ކުރުމަށް އެސްއެމްއެސް ކުރާނީ ނަން، އެޑްރެސް، އައިޑީ ކާޑް ނަމްބަރު އަދި ގުޅޭނެ ފޯނު ނަމްބަރެއް ޖެއްސެވުމަށް ފަހު 9980717 އަށެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close