ކޮވިޑް-19

ޚަބަރުރ.އަތޮޅު

ރ.އަތޮޅުގެ ހުރިހާ ސްކޫލެއްގައި ހެނދުނުގެ ނާސްތާ ދޭން ފަށަނީ

ރ.އަތޮޅުގެ ހުރިހާ ސްކޫލެއްގައި ހެނދުނުގެ ނާސްތާ ދިނުމަށް ތައްޔާރުވާން ފަށައިފިއެވެ. އެ ގޮތުން ރ.އަތޮޅުގެ ގިނަ ސްކޫލްތަކުން ވަނީ އެ ސްކޫލްތަކުގައި ހެނދުނުހެ ދަންފަޅީގައި ކިޔަވާ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.

އެ ގޮތުން އަލިފޫށި ސްކޫލް، ވާދޫ ސްކޫލް، ރަސްގެތީމް ސްކޫލް، އަނގޮޅިތީމް ސްކޫލް، ހުޅުދުއްފާރު ސްކޫލް، އުނގޫފާރު ސްކޫލް، ރ.އަތޮޅު މަދަރުސާ، ދުވާފަރު ޕްރައިމަރީ ސްކޫލް، މާކުރަރަތު ސްކޫލް، އިންނަމާދޫ ސްކޫލް، ރަސްމާދޫ ސްކޫލް، އިނގުރައިދޫ ސްކޫލް، މަޑުއްވަރީ ސްކޫލް، ފައިނު ސްކޫލް އަދި ކިނޮޅަހު ސްކޫލުން ވަނީ އެ ސްކޫލްތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.

ސްކޫލްތަކުން ކޮށްފައިވާ އިއުލާންގައި ބުނެފައިވާ ގޮތުގައި ބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 12 މެއި 2019 އިން 15 މެއި 2019 އަށް ކޮންމެ ދުވަހަކު 9:30 ން 12:30 އަށް ނަންނޯޓު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ނަންނޯޓު ކުރުން ހަމަޖެހިފައި ވަނީ ބީލަން ހުށައަޅަން ގަސްތުކުރާ ސްކޫލަކަށް ވަޑައިގެންނެވެ. އަދި މި ޕްރޮޖެކްޓާ ބެހޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 19 މެއި 2019 ވާ އާދިއްޔަ ދުވަހު 11:00 ގައި ސްކޫލްތަކުގައި އޮންނާނެއެވެ. އަދި މި ޕްރޮޖެކްޓަށް ބީލަން ހުޅުވާލާނީ 23 މެއި 2019 ވާ ބުރާސްފަތި ދުވަހު ހެނދުނު 11:00 ގައެވެ.

ރައީސް އިބްރާހިމް މުޙަމަދު ޞާލިހުގެ ސަރުކާރުގެ އެއް ވައުދު ކަމުގައިވާ ސްކޫލް ކުދިންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމްގެ އަޖުމަ ބެލުމަށް ކުރިއަށް ގެންދިޔަ ޕައިލެޓް ޕްރޮގްރާމްގެ ދަށުން މީގެ ކުރިން ވަނީ ރ.އަތޮޅު އެޑިއުކޭޝަން ސެންޓަރުގައި ހެނދުނުގެ ނާސްތާ ޕްރޮގްރާމް ފަށާފައެވެ. އަދި އެ ސްކޫލްގައި އަންނަނީ މި ޕްރޮގްރާމް ވަރަށް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދަމުންނެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close