ޙަބަރު

އުނގޫފާރު ސްކޫލްގެ ޓީޗަރުން ނިކުމެ ނަރުހުން ހެއްވާލައިފި

މިއަދު ފާހަގަކުރަމުންދާ ބައިނަލް އަޤުވާމީ ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި އުނގޫފާރު ސްކޫލް ޓީޗަރުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތްކޮށް ހުރިހާ ނަރުހުން ހެއްވާލައިފިއެވެ.

އުނގޫފާރު ސްކޫލްގެ ޓީޗަރުން ވަނީ ދުވަހުގެ ތަހުނިޔާ ތަފާތު ގޮތަކަށް ނަރުހުންނަށް ކިޔާފައެވެ. ޓީޗަރުން ވަނީ ވަރަށް ބޮޑަށް ތައްޔާރުވެ، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް “ސަޕްރައިޒް” ޒިޔާރަތެއް ކޮށްފައެވެ. އުނގޫފާރު ސްކޫލްގެ ޕްރިންސިޕަލް އަހުމަދު މުޖުތަބާ އަދި ސްކޫލްގެ ހީވާގި ޓީޗަރުން ހޮސްޕިޓަލަށް ޒިޔާރަތް ކުރި އިރު މި ޓީމުން ވަނީ ދުވަހާ ގުޅުވައިގެން ފެހި އަދި ކަޅު ކުލައިން ހެދުން އަޅާފައެވެ.

2019 ވަނަ އަހަރުގެ ނަރުހުންގެ ދުވަސް ފާހަގަ ކުރުމަށް އުނގޫފާރު ސްކޫލްގެ ޓީޗަރުން ޔޫއާރްއެޗް އަށް ޒިޔާރަތްކުރުން

ސްކޫލްގެ ޓީޗަރުން ތިބީ “ހެޕީ ނާސެސް ޑޭ” ގައި ހިމެނޭ އިނގިރޭސި އަކުރުތައް ސިފަވާ ގޮތަށް ކަދުރު ބޭނުންކޮށްގެން އުފެއްދުންތެރި ގޮތަކަށް ތައްޔާރުކޮށްފައިވާ ފޯމް ބޯޑުތަކެއް ހިފައިގެންނެވެ. ކޮންމެ ޓީޗަރަކު އަކުރެއް ހިފަހައްޓައިގެން ތަރުތީބުން އެތުރިލައިގެން ތިބެ ޓީޗަރުން ވަނީ ޓީޗަރުންގެ ހިތުގައި ނަރުހުންނަށް އޮތް ލޯބި ބަންޑުންކޮށްލާފައެވެ.

މި ޒިޔާރަތުގައި ޓީޗަރުންގެ ފަރާތުން ނަރުހުންނަށް ދުވަހުގެ ތަހުނިޔާ ކިޔާފައި ވާއިރު ޓީޗަރުން ވަނީ ނަރުހުންނަށް ޙާއްސަ ހަދިޔާ ވަށިގަނޑެއް ހަވާލުކޮށްފައެވެ. ކޮންމެ އަހަރެއްގެ ނަރުހުންގެ ދުވަސް ވެސް އުނގޫފާރު ސްކޫލްގެ ޓީޗަރުން އިސް ނަގައިގެން ވަރަށް ކުލަގަދަކޮށް ފާހަގަކުރެއެވެ. އެ ގޮތުން މިދިޔަ ފަހަރު ވެސް ޓީޗަރުން ވަނީ މިފަދަ ގޮތަކަށް ހޮސްޕިޓަލަށް ޒިޔާރަތްކޮށްފައެވެ.

2019 ވަނަ އަހަރުގެ ނަރުހުންގެ ދުވަހާ ގުޅުވައިގެން އުނގޫފާރު ސްކޫލުން ނަރުހުންނަށް ހަދިޔާ ވައްޓެއް ހަވާލުކުރުން

މި އަހަރުގެ ނަރުހުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ވަނީ ރޭގެ 12 ޖެހުމާ އެކު ދުވަހަށް ޙާއްސަ ކޭކެއް ފަޅާފައެވެ. ބައިނަލް އަޤުވާމީ ނަރުހުންގެ ދުވަހަކީ މެއި މަހުގެ 12 ވަނަ ދުވަހެވެ.

2019 ވަނަ އަހަރުގެ ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި އުނގޫފާރު ރީޖަނަލް ހިސްޕިޓަލް ޒީނަތްތެރިކޮށްފައި
ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close