ކޮވިޑް-19

ޚަބަރުރ.އަތޮޅު

އޭވައިސީގެ މަދަހަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އޭވައިސީ މަދަހަ މުބާރާތް 1440 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އަނގޮޅިތީމް ޔޫތު ކުލަބުން އިންތިޒާމްކޮށްގެން އަނގޮޅިތީމްގައި ބާއްވާ މި މުބާރާތް ފެށޭނީ މި މަހުގެ 25 ވަނަ ދުވަހުއެވެ. އަދި މި މުބާރާތުގައި ބައިވެރިވުމަށް އެޕްލިކޭޝަން ހުށައެޅުން މިހާރު ހުޅުވާލާފައި ވާއިރު އެޕްލިކޭޝަން ބަލައިގަންނާނީ މި މަހުގެ 12 އިން 18 އަށެވެ.

މި މުބާރާތް ކުރިއަށް ދަނީ 5 އުމުރު ފުރައަކަށް ބަހާލައިގެންނާއި ގުރޫޕް މަދަހަ ގޮތުގައި މަދަހަ ހުށައެޅޭ ގޮތަށެވެ. މި ގޮތުން އުމުރުފުރާތައް ބަހާލާފައި ވަނީ 4 އަހަރާއި 7 އަހަރާ ދެމެދު، 8 އަހަރާ 11 އަހަރާ ދެމެދު، 12 އަހަރާ 15 އަހަރާ ދެމެދު، 16 އަހަރާ 18 އަހަރާ ދެމެދު އަދި  19 އަހަރުން މަތީގެ އުމުރު ފުރާއެވެ. މި އުމުރުފުރާ ތަކުގެ އިތުރުން ގުރޫޕް މަދަހަ ހުށައެޅުމަށް 3 ބައިވެރިނަން ވުރެ ގިނަ ބައިވެރިނަށް ގުރޫޕެއް ގޮތުގައި ބައިވެރިވެވޭނެއެވެ.

މި މުބާރާތުގައި ވަނަތައް ހޮވުމަށް ހަމަޖެހިފައި ވަނީ ކޮންމެ އުމުރުފުރާ އަކުން 1 ވަނަ، 2 ވަނަ އަދި 3 ވަނައިގެ އިތުރުން ގުރޫޕްތަކުގެ ތެރެއިން 1 ވަނަ ދެވަނަ އަދި 3 ވަނަ ގުރޫޕް ހޮވާ ގޮތަށެވެ. މީގެ އިތުރުން މި މުބާރާތުގައި ބައިވެރިވާ 4 އަހަރާ 7 އަހަރާ ދެމެދުގެ ކޮންމެ ބައިވެރިއަކަށް އިނާމެއް ދިނުމަށް ނިންމާފައިވާ ކަމަށް އޭވައިސީން މަޢުލޫމާތުދެއެވެ. މި މުބާރާތާ ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް 9888126 ނުވަތަ 7690747 ނަމްބަރ ފޯނަށް ގުޅުމަށް އޭވައިސީއިން އެދެއެވެ.

މިއީ އޭވައިސީން ރަމަޟާން މަހާ ދިމާކޮށް މަދަހަ މުބާރާތް ބާއްވާ 4 ފަހަރު  ކަމަށް އޭވައިސީން މަޢުލޫމާތުދެއެވެ. އަދި ކޮންމެ ފަހަރަކު ވެސް މި މުބާރާތަށް އަނގޮޅިތީމުން ބޮޑު ތަރުހީބެއް ލިބިގެން ދާކަން އޭވައިސީން ފާހަގަ ކުރެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close