ޙަބަރު

ޒިލާން އަލިގަދަ ތަރި: ގަދަ 10 ބައިވެރިންގެ ވީޑިއޯ އަޕްލޯޑްކޮށްފި

އުނގޫފާރު ފޯސްޓަރިން އެވެއާނެސް އެސޯސިއޭޝަން (އުފާ) އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ޤުރްއާން މުބާރާތް “ޒިލާން އަލިގަދަ ތަރި 2019” ގެ ގަދަ 10 ބައިވެރިންގެ ކިޔެވުން ހިމެނޭ ވީޑިއޯ ރިކޯޑިން އުނގޫފާރު.ކޮމް ގެ ފޭސްބުކް ޕޭޖަށް އަޕްލޯޑްކޮށްފިއެވެ. ގަދަ 10 ބައިވެރިންނާ އެކު ކުރިއަށް ދިޔަ މުބާރާތުގެ ފައިނަލް ބުރުގެ ކިޔެވުން ކުރިއަށް ދިޔައީ ރަމަޟާން މަހުގެ 2 ވަނަ ދުވަހުއެވެ.

މުބާރާތުގެ 1 ވަނަ 2 ވަނަ އަދި 3 ވަނަ ހޮވުމަށް ބައިވެރިންނަށް ދޭ މާކުހުގެ 80 އިންސައްތަ އަކީ ބައިވެރިންގެ ކިޔެވުމަށް މުބާރާތުގެ ފަނޑިޔާރުން ދޭ މާކުހެވެ. އަދި 20 އިންސައްތަ މާކުސް ނަގާނީ އެ ބައިވެރިއެއްގެ ކިޔެވުން ހިމެނޭ ވީޑިއޯ އަށް އުނގޫފާރު.ކޮމް ގެ ފޭސްބުކް ޕޭޖުގައި ލިބޭ “ލައިކްސް” އިންނެވެ.

އެހެން ކަމުން 20 އިންސައްތަ މާކުސް ހޯދުމަށް ބައިވެރިންގެ ވީޑިއޯތަކަށް ލައިކް ހޯދުމަށް ކުރަން ޖެހޭ ކަންކަން ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. ބައިވެރިންގެ ސަޕޯޓަރުން ބައިވެރިންނަށް ލައިކްސް ހޯދުމަށް ސުލްހަވެރިކަމާ އެކު ކެމްޕެއިންކުރުމުގެ ފުރުސަތު މިއަދުން ފެށިގެން ރަމަޟާން މަހުގެ ފަހު ދުވަހުގެ ރޭގަނޑު 12:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.

ބައިވެރިންގެ ވީޑިއޯއަށް ލައިކްސް ދިނުމުގައި ސަމާލުކަން ދޭންވީ ކަންތައްތައް!

  • ލައިކްސް ގޮތުގައި ގުނާނީ ހަމަ އެކަނި “ލައިކްސް” އެވެ. މާނައަކީ ވީޑިއޯއަށް ލިބޭ އެހެނިހެން ރިއެކްޝަންތައް (ޙާޓް، ސޭޑް، އެންގްރީ ފޭސް) ލައިކްސްގެ ގޮތުގައި ނުގުނާނެއެވެ. އެހެން ކަމުން ވީޑިއޯއަށް ވޯޓުދެއްވާ ފަރާތްތަކުން އެހެން ރިއެކްޝަން ތަކުގެ ބަދަލުގައި “ލައިކްސް” ދެއްވުން އެދެމެވެ.
  • ލައިކްސްގެ ގޮތުގައި ގުނާނީ ހަމަ އެކަނި އުނގޫފާރު.ކޮމް ގެ ފޭސްބުކް ޕޭޖުގައިވާ ވީޑިއޯއަށް ދޭ ލައިކްސްއެވެ. އެ ވީޑިއޯ އެއްވެސް ފަރާތަކުން އެ ފަރާތެއްގެ ވޯލްގައި ޝެއާ ކުރުމުން، ޝެއާކޮށްފައިވާ ލިންކަށް ދޭ ލައިކްސް އެއް ނުގުނާނެއެވެ. ލައިކްސް ގެ ގޮތުގައި ގުނާނީ އޮރިޖިނަލް ޕޯސްޓަށް ދޭ ލައިކްސްއެވެ.
  • ލައިކްސް ދިނުމުގެ ފަހު ވަގުތަކީ ރަމަޟާން މަހުގެ ފަހު ދުވަހުގެ ރޭގަނޑު 12:00 އެވެ.

އުފާ އަދި ޒިލާން ޕްރައިވެޓް ލިމިޓޭޑް ގުޅިގެން ކުރިއަށްދާ މި މުބާރާތުގެ 1 ވަނަ އަށް 10،000ރ ގ ފައިސާގެ އިނާމެއް ކަނޑައެޅިފައި ވާއިރު 2 ވަނަ އަށް 5000ރ އަދި 3 ވަނަ އަށް 2000ރ ގެ ފައިސާގެ އިނާމެއް ކަނޑައެޅިފައިވެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close