ޙަބަރު

ޓްރާންސްފޯމަރު އަދި ކޭބަލް ގަތުމަށް ޕްރީބިޑް މީޓިން ބާއްވައިފި

އުނގޫފާރު ކައުންސިލުން ހިންގަމުންގެންދާ އުނގޫފާރު ރައްޔިތުންގެ އިންޖީނު ގެއިން ދެމުންގެންދާ ކަރަންޓްގެ ހިދުމަތް ރަގަނޅު ކޮށް ފުޅާކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ބެހެއްޓުމަށް ހަމަޖެހިފައިވާ ޓްރާސްންފޯަމަރު އަދި އެކަމަށްބޭނުންވާ ކޭބަލް ވިއްކުމަށް ޝައުޤުވެރިވި ފަރާތްތަކަށް ބާއްވާ ޕްރިބިޑް މީޓިން މިއަދު ބާއްވައިފިއެވެ. ވަކި ވަކިން ކުރިއަށްގެންދިޔަ މި ދެބައްދަލުވުން ކުރިއަށްދިޔައީ މިއަދު ހެނދުނު އުނގޫފާރު ކައުންސިލްގެ އިދާރާގައެވެ.

ފުރަތަމަ ކުރިއަށްދިޔައީ ޓްރާންސްފޯމަރު ގަތުމަށް ކުރިއަށްގެންދިޔަ ބައްދަލުވުމެވެ. މިބައްދަލުވުމުގައި 7 ފަރާތަކުން ބައިވެރިވެ މައުލޫމާތު ސާފުކޮށްފައިވެއެވެ. ދެވަނަ ބައްދަލުވުން ކުރިއަށްދިޔައީ 11:30 ގައެވެ. މި ބައްދަލުވުމުގައި ނުވަ ފަރާތަކުން ބައިވެރިވެފައިވެއެވެ.

މި ޕްރޮޖެކްޓުގެ ދަށުން ޤާއިމްކުރާ ޓްރާންސްފޯމާ ސިސްޓަމްގައި އިންޖީނުގޭގައި އަދި ރަށު ތެރޭގައި ޓްރާންސްފޯމަރެއް އިންސްޓޯލް ކުރުމަށް ވަނީ ނިންމާފައެވެ. ރަށު ތެރޭގައި އިންސްޓޯލް ކުރާ ޓްރާންސްފޯމަރު ބެހެއްޓުމަށް ނިންމާފައި ވަނީ އުނގޫފާރު މަސްޖިދުއް ތަޤުވާގެ ހުޅަނގު ދެކުނު ކަންމަތީގައެވެ.

މި ޓްރާންސްފޯމާ ސިސްޓަމް ޤާއިމް ކުރުމަށް އުނގޫފާރު ކައުންސިލުން ނިންމާފައި ވަނީ އުނގޫފާރުގެ އެންމެ އިރު ދެކުނުގައި ހުންނަ ރައްޔިތުންގެ އިންޖީނުގެއިން ފޯރުކޮށްދޭ ކަރަންޓު އުނގޫފާރުގެ އެންމެ އުތުރަށް ފޯރާއިރު ކަރަންޓު ލިބޭ މިންވަރު ވަރަށް ބޮޑަށް ދައްވެގެން ދާތީއެވެ. މިހެން ވުމުގެ ސަބަބުން އުނގޫފާެރުގެ އުތުރުގެ ގޭބީސީތަކަށް ކަރަންޓު ލިބުމުގައި ބޭނުންވާ ވަރަށް ވޯލްޓޭޖު ނުލިބޭ ކަމަށް އުނގޫފާރު ރައްޔިތުންގެ އިންޖީނުގެއިން ފާހަގަކުރިއެވެ.

އުނގޫފާރު ރައްޔިތުންގެ އިންޖީނުގެއިން މަޢުލޫމާތުދޭ ގޮތުގައި މި ސިސްޓަމް ޤާއިމް ކުރުމުން އުނގޫފާރުގެ އެންމެ އުތުރަށް ވެސް ބޭނުންވާ ވަރަށް ފުރިހަމައަށް ކަރަންޓު ފޯރުކޮށްދެވުމުގެ އިތުރުން މުސްތަޤުބަލުގައި ބިން ހިއްކައިގެން އުނގޫފާރު ބިން ބޮޑު ކުރި ކަމުގައި ވީ ނަމަވެސް އެއްވެސް މައްސަލައެއް ޖެހުމަކާ ނުލާ ހުރިހާ ސަރަހައްދަކަށް ކަރަންޓު ފޯރުކޮށްދެވޭނެއެވެ.

 

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close