ޚަބަރު

އަނގޮޅިތީމުގައި ރައީސް ނަޝީދުގެ ޑިމޮކްރަޓިކް ހަޔާތާ ގުޅޭ ޓޫރިސްޓް އެޓްރެކްޝަނެއް ޤާއިމް ކުރަނީ

ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ޑިމޮކްރަޓިކް ހަޔާތާ ގުޅޭ ޓޫރިސްޓް އެޓްރެކްޝަންއެއް ރ.އަނގޮޅިތީމުގައި ޤާއިމް ކުރުމަކީ ސަރުކާރުގެ އެއް އަމާޒު ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު އަލީ ވަހީދު މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުންދާ ރައީސް ނަޝީދުގެ އުފަން ދުވަހުގެ ތަހުނިޔާ ކިޔުއްވުމުގެ ކުރެއްވި ޓުވީޓެއްގައެވެ.

މިނިސްޓާރ އަލީ ވަހީދުގެ ޓުވީޓުގައި ވިދާޅުވެފައި ވަނީ ރައީސް ނަޝީދަކީ ދިވެހި ރާއްޖޭގެ ޑިމޮކްރަސީގެ ހަޔާތުގެ ދިވެހިންގެ “މަންޑޭލާ” ކަމަށެވެ. އަދި އެމަނިކުފާނު އަރުވާލެއްވި ރަށް ކަމުގައިވާ ރ.އަނގޮލީތީމުގައި އެމަނިކުފާނުގެ ޑިމޮކްރަޓިކް ހަޔާތާ ގުޅޭ ޓޫރިސްޓް އެޓްރެކްޝާންއެއް ބިނާ ކުރެއްވުމަކީ ސަރުކާޜުގެ އެއް އަމާޒު ކަމަށެވެ.

ރައީސް މައުމޫންގެ ދުވަސްވަރު، ރައީސް ނަޝީދު ވަނީ ރ.އަނގޮޅިތީމަށް އަރުވާލާފައެވެ. އަރުވާލައްވާފައި ހުންނެވި ދުވަސް ވަރު ރައީސް ނަޝީދު ދިރިއުޅުއްވީ ރ.އަނގޮޅިތީމް ނަސީމާ މަންޒިލް ގޭގައި ކަމުގައި ބުނެވެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.
avatar
Close