ޙަބަރު

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ރޭޑިއޮލޮޖިސްޓެއް ގެނެސްފި

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް އާ ރޭޑިއޮލޮޖިސްޓެއް ގެނެސްފިއެވެ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ރޭޑިއޮލޮޖީ ޑިޕާޓުމެންޓުގައި މީގެ ކުރިން މަސައްކަތް ކުރި ޑޮކްޓަރު ވަނީ 4 މަސް ކުރިން ހޮސްޕިޓަލާ ވަކިވެފައެވެ.

4 މަސްދުވަހުގެ މެދު ކެނޑުމަށް ފަހު މާދަމާ އިން ފެށިގެން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ރޭޑިއޮލޮޖިސްޓެއްގެ ޚިދުމަތް އަލުން ލިބިގެން ދާނެ ކަމަށް އެ ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާ އަލަށް ގުޅޭ ރޭޑިއޮލޮޖިސްޓަކީ މިސްރުގެ ރައްޔިތެކެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ރ.އަތޮޅުގެ އިތުރުން އުތުރުގެ ގިނަ އަތޮޅު ތަކެއްގެ ރައްޔިތުން ޚިދުމަށް ހޯދަމުން އަންނަ ހޮސްޕިޓަލެކެވެ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ޓާޝިއަރީ ފެންވަރަށް ތަރައްޤީ ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް ވަނީ ވިދާޅުވެފައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close