ޙަބަރު

އަންހެނުންގެ މިސްކިތުގެ އޭސީތައް ބަދަލުކޮށްފި

އުނގޫފާރު ކައުންސިލުން އިމަރާތް ކޮށްފައިވާ އަންހެނުންގެ މިސްކިތުގެ އޭސީތަކަށް މައްސަލަޖެހިފައި ވާތީ އޭސީތައް އާކޮށްފިއެވެ. އަންހެނުން މިސްކިތުގެ އޭސީތައް ބަދަލުކޮށް ބޭނުން ކުރަންފަށާފައިވަނީ މި ރަމަޟާން މަހުގެ 11 ވަނަ ދުވަހުން ފެށިގެންނެވެ.

އޭސީ ތަކުގެ މައްސަލަޖެހި މިސްކިތުގައި ހޫނު ގަދަވެ އެޝަކުވާ ބޮޑުވެފައި ވަނިކޮށް މިކަން ހައްލުކުރުމުގެ މަސައްކަތް ކޮށްފައިވަނީ ރައްޔިތުންގެ އިންޖީނުގޭގެ މުވައްޒަފުންނެވެ. އުނގޫފާރު ޑޮޓް ކޮމް އަށް މައުލޫމާތު ދެއްވަމުން އުނގޫފާރު ކައުންސިލްގެ ނައިބް ރައީސް އަލްފާޟިލް މުހައްމަދު އަފްލާހު ވިދާޅުވީ މި ރަމަޟާން މަހާ ދިމާކޮށް އަންހެނުންގެ މިސްކިތުގައި ހަރުކުރުމަށް ކައުންސިލުން 24000 ބީޓީޔޫގެ 2 އޭސީ ގެނެސްފައި ވާނޭ ކަމަށެވެ.

އަންހެނުން މިސްކިތުގައި ކުރިން ހަރުކޮށްފައިވާ 18000 ބީޓީޔޫގެ އޭސީ މަސަލަ ޖެހިފައި ވާތީ އެ އޭސީ ބަދަލުކޮށް،  ކައުންސިލުން އަލަށް ގެނައި 24000 ބީޓީޔޫގެ 2 އޭސީ ގެ ތެރެއިން މިހާރު 1 އޭސީ ހަރުކޮށް ނިމިފައިވާ ކަމަށް ކައުންސިލުން މަޢުލޫމާތުދެއެވެ. އަދި އަނެއް އޭސީ ވެސް ވަރަށް އަވަހަށް ހަރުކޮށް ނިންމާލާނޭ ކަމަށް ކައުންސިލުން މަޢުލޫމާތުދެއެވެ.

މި ދުވަސް ވަރަކީ ވަރަށް ހޫނު ގަދަ ދުވަސް ވަރަކަށް ވެފައި އޭސީ ނެތުމުގެ ސަބަބުން ދިމާވަމުން ދިޔަ ދަތިތަކަށް މިކަމުގެ ސަބަބުން ހައްލު ލިބިގެން ދާނެއެވެ. އުނގޫފާރުގެ ފިރިހެނުންގެ 2 މިސްކިތުގެ ތެރެއިން 1 މިސްކިތް ކަމުގައިވާ މަސްޖިދުއް ތަޤުވާ އަށް މިީގެ ކުރިން ވަނީ ކުލަބު ޔޫތުސްޓަރ އިން އޭސީ ހަދިޔާކޮށް އެ މިސްކިތް އޭސީކޮށްފައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close