ޙަބަރުތިމާވެށި

ޒުވާނުން ނިކުމެ ފަޅުތެރެ ސާފުކޮށްފި

އުނގޫފާރު ފަޅުތެރެއަށް ޖަމާވެފައިވާ ކުނިތައް އުނގޫފާރު ޒުވާނުންގެ ބަޔަކު ނިކުމެ ނަގާ ސާފުކޮށްފިއެވެ. ރޭ އިރާކޮޅު 21:00 ން 23:00 އަށް ކުރިއަށް ގެންދިޔަ މިހަރަކާތުގައި ތިރީހަކަށް ޒުވާނުން ބައިވެރި ވެފައިވެއެވެ.

މިމަސައްކަތުގައި އިސްކޮށް އުޅުނު ހަސަން ފަޒީލް އުނގޫފާރު ޑޮޓް ކޮމްއަށް މައުލޫމާތު ދެމުން ބުނީ ހައެއްކަ ޒުވާނުން ރޭ ކޮފީމޭޒެއްގައި ތިބެފައި ހަމަނިކުތީ ކަމަށާއި މަސައްކަތްފެށުމަށްފަހު މަސައްކަތް ކުރިއަށް ދާވާހަކަ ޒުވާނުންގެ ވައިބަ ގުރޫޕުގައި ފޮޓޯއާއެކު ޖަހާލުމާއެކު ގިނަ އަދަދެއްގެ ޒުވާނުން އައިސް މަސައްކަތުގައި ބައިވެރިވީ ކަމުގައެވެ. އަދި ރޭގެ މަސައްކަތުގައި ބައިވެރިވި ހުރިހާ އެންމެންނަށް ޑްރިންކް ހަމަޖައްސައިދިނީތީ “ނާޑް” އަށް ވަރަށްބޮޑަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

“އަޅުގަނޑުމެން މަސައްކަތް ފަށައިގެން ކުރިއަށްދަނިކޮށް ނާޑު ގުޅާފަބުނީ އޭނަ ރިސޯޓުގައި ހުރީމައި މަސައްކަތުގައި ބައިވެރި ނުވެވޭތީ ޑްރިންކް ހަމަޖައްސައިދޭނަމޭ، ނާހިދު (ނާޑުގެ) މިހަދިޔާ ހުރިހައި އެންމެންވެސް ވަރަށް އުފަލާއެކު ބަލައިގަނެ ނާޑުއަށް ވަރަށްބޮޑަށް ޝުކުރު އަދާކުރި، މިއީ އަޅުގަނޑުމެން ހުރިހައި ޒުވާނުންގެ ފަރާތުންވެސް ފެންނަން ބޭނުންވާ ކަމަކީ، ކޮންމެ ކަމެއްގައިވެސް އެކިމީހުންނަށް ބައިވެރި ވެވޭނީ އެކިމިންވަރަށް އެކިގޮތަށް” ހަސަން ބުންޏެވެ.

This slideshow requires JavaScript.

ރޭގެ މަސައްކަތުން ވަނީ ދެ ޖަމްބޯގެ ކުނި ނަގާފައެވެ. ފަޅުގެ ތެރެއަށް ޖަމާވެފައިވާ ކުނީގެ ތެރޭގައި ގިނައިން ހުރީ މޫދު ވިނަ އާއި ޕްލާސްޓިކްގެ ބާވަތްތަކެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close