ޙަބަރު

އުނގޫފާރު ކައުންސިލުން ކަދުރު ބަހަން ފަށައިފި

މި ރޯދަމަހު ދިވެހި ރައްޔިތުންނަށް ބެހުމަށް ސައުދީ ސަރުކާރުން ހަދިޔާކުރި ކަދުރު މިއަދު އުނގޫފާރުގައި ބަހަން ފަށައފިއެވެ. އުނގޫފާރު ކައުންސިލުން މައުލޫމާތު ދިންގޮތުގައި ކަދުރު ބެހުން ކުރިއަށްދާނީ މި ރަމަޟާން މަހުގެ އެންމެ ފަހު ދުވަހާހަމަޔަށް ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 ން މެންދުރުފަހު 13:00 އަށެވެ.

އުނގޫފާރު ރައްޔިތުންނަށް ބެހުމަށް ލިބިފައިވަނީ 107 ޕެކެޓް ކަދުރެވެ. އޭގެތެރެއިން 15 ޕެކެޓް ބެހުމަށް ހަމަޖެހިފައިވަނީ ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ 15 އާއިލާއަކަށެވެ. ބާކީ 92 ޕެކެޓް ހުސްވަންދެން ބަހާނީ އާއްމު ރައްޔިތުންނަށެވެ. ކަދުރު ބޭނުންވާ ފަރާތްތަކުން ކަނޑައެޅިފައިވާ ގަޑީގައި ކައުންސިލަށް ވަޑައިގަތުމުން ކަދުރު ދޫކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
1 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
1 Comment authors
Nikamethi meehaa Recent comment authors
Nikamethi meehaa
Guest
Nikamethi meehaa

Mee nikamethu meeheh tha???

Close