Uncategorizedޚަބަރުދީން

އިއްޔެގެ ނިޔަލަށް 1400 އަށްވުރެ ގިނަ މީހުން ފިތުރު ޒަކާތް ދައްކައިފި

އިއްޔެގެ ނިޔަލަށް އުނގޫފާރު ކައުންސިލަށް 1463 މީހުން މިއަހަރުގެ ރަމަޟާންމަހުގެ ފިތުރު ޒަކާތް ދައްކައިފިއެވެ.

އުނގޫފާރު ކައުންސިލުގެ ޒިންމާދާރުވެރިޔާ މައުލޫމާތު ދެއްވިގޮތުގައި އިއްޔެގެ ނިޔަލަށް 1463 މީހުން ފިތުރު ޒަކާތުގެ ގޮތުގައި ދައްކާފައިވަނީ 18948.40 (އަށާރަ ހާސް ނުވަސަތޭކަ ސާޅީސް އަށްރުފިޔާ ސާޅީސް) ލާރިއެވެ.

ފިތުރު ޒަކާތް ބަލައިގަންނާނީ 7 މެއި 2019 އިން ފެށިގެން ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:15 އިން މެންދުރު 12:00 އަށެވެ.

ފިތުރު ޒަކާތް ބަލައި ގަތުމަށް ހަމަޖެހިފައިވަނީ ބޮލަކަށް 2 ކިލޯ 400 ގްރާމް ގެ ރޭޓުންނެވެ.

1- އާދައިގެ ހަނޑުލުން ނަމަ ބޮލަކަށް 12.00 ރުފިޔާއެވެ.

2- ތައިލެންޑް ހަނޑުލުން ނަމަ ބޮލަކަށް 43.20 ރުފިޔާއެވެ.

3- ބާސްމަތީ އާދައިގެ ހަނޑުލުންނަމަ ބޮލަކަށް 60.00 ރުފިޔާފއެވެ.

4- ބާސްމަތީ މޮޅު ހަނޑުލުންނަމަ ބޮލަކަށް 72.00 ރުފިޔާއެވެ.

5- އާދައިގެ ފުށުންނަމަ ބޮލަކަށް 9.60 ރުފިޔާއެވެ.

6- އާޓާ ފުށުންނަމަ ބޮލަކަށް 9.60 ރުފިޔާއެވެ.

ޒަކާތް ބަލައިގަތުމުގެ އެންމެ ފަހުތާރީހަކީ 29 ރަމަޟާން 1440، 3 ޖޫން 2019 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 އެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ފައުންޑަރ މެމްބަރ އަދި ފުރަތަމަ ދެ ދައުރުގެ ރައީސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close