ޚަބަރުރ.އަތޮޅު

އުނގޫފާރު އަދި ދުވާފަރު މަގުތަކުގައި ތާރު އެޅުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

އުނގޫފާރު އަދި ދުވާފަރު މަގުތަކުގައި ތާރު އެޅުމަށް ޕްލޭނިން މިނިސްޓްރީން މިއަދު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ. އުނގޫފާރާއި ދުވާފަރުގެ އިތުރުން ހދ.ހަނިމާދޫ އަދި ލ.ފޮނަދޫ މަގުތަކުގައި ތާރު އެޅުމަށް އެމްޓީސީސީ އާ ހަވާލުކޮށްފައި ވަނީ މިއަދު އެ މިނިސްޓްރީގައި އެކަމަށްޓަކައި އޮތް ޙާއްސަ ހަފުލާއެއްގައެވެ.

މަގުތަކުގައި ތާރު އެޅުމުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއެކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޙަސަން ޝާހެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއެ ކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓާރ އައިމިނަތު ޝާމާ ފާރޫގެވެ.

އުނގޫފާރު މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 19.3 މިލިއަން ރުފިޔާއަށެވެ. އަދި ދުވާފަރުގެ މަގުތަކުގައި ތާރުއެޅުމުގެ މަޝްރޫއު ހަވާލުކޮށްފައި ވަނީ 28.2 މިލިއަން ރުފިޔާއަށެވެ. މި ޕްރޮޖެކްޓުތައް ހަވާލުކުރީ 7 މަސް ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

މި ޕްރޮޖެކްޓް ތަކުގެ އެއްބަސްވުމުގައި ސޮއެކުރެއްވުމަށް ފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ ޝާހް ވިދާޅުވީ ކަނޑައެޅިފައިވާ މުއްދަތަށް ހުރިހާ ރަށެއްވެސް ނިންމާލުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި މި މަސައްކަތް އެމްޓީސީސީ އާ ހަވާލު ކުރީ އެކަން ކުރުމުގެ ޤާބިލްކަން އެ ކުންފުނީގައި ހުރުމުން ކަމަށެވެ.

މީގެ ކުރިން އުނގޫފާރު އަދި ދުވާފަރުގެ މަގު ހެދުމުގެ މަޝްރޫ ހަވާލުކޮށްފައި ވަނީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއެވެ. އުނގޫފާރު މަގު ހެދުމުގެ މަޝްރޫއު 380 ދުވަހުގު ތެރޭގައި ނިންމުމަށް 32 މިލިއަން ރުފިޔާއަށް އެމްއާރްޑީސީ އާ ހަވާލުކޮށްފައި ވަނީ 2015 ވަނަ އަހަރުގެ ޖޫން މަހުއެވެ. އަދި މިސައްކަތުގެ ޢަމަލީ މަސައްކަތް ފަށާފައި ވަނީ 2016 ޑިސެމްބަރ 24 ވަނަ ދުވަހުއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close