ކޮވިޑް-19

[covid-19-global-overview]
ޚަބަރުރ.އަތޮޅު

ދުވާފަރުގައި ބިދޭސީއަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

ދުވާފަރުގައި ބިދޭސީއަކު މަރުވެފައ އޮއްވާ ފެނިއްޖެއެވެ. މަރުވެފައި އޮއްވާ ފެނިފައި ވަނީ ބަނގުލަދޭޝްގެ ފިރިހެނެކެވެ. މިއަދުގެ ހެނދުނުގެ ވަގުތެއްގައި އޭނާ މަރުވެފައި އޮއްވާ ފެނިފައި ވަނީ ދުވާފަރުގައި ހުންނަ ދިރާގު ޕާޓްނާޝިޕް ފިހާރަ ހުންނަ ގޭގެ ތެރޭގައެވެ.

ދުވާފަރު ކައުންސިލުން މަޢުލޫމާތު ދިން ގޮތުގައި ބިދޭސީއަކު ނިޔާވެފައި އޮއްވާ ފެނިފައިވާ  ކަމުގެ ރިޕޯޓު އެ ކައުންސިލަށް ލިބިފައި ވަނީ މިއަދު ހެދުނެވެ. ދުވާފަރު ކައުންސިލުން މަޢުލޫމާތު ދިން ގޮތުގައި އޭނާ ނިޔާވެފައި ވަނީ ސީދާ މިވެނި ސަބަބަކާ ހުރެ ކަމެއް ބުނަން ނޭގޭ ކަމަށާއި ބޮޑަށް ބެލެވެނީ އޭނާ ނިޔާވެފައި ވަނީ މިހާރު ހަލުވި ސްޕީޑުގައި ފެތުރެމުންދާ ޑެންގީ ނުވަތަ ޗިކުން ގުންޔާ ރޯގާ ޖެހިގެންނެވެ.

ކައުންސިލުން މަޢުލޫމާތު ދިން ގޮތުގައި ނިޔާވި މީހާ މީގެ 2 ތިން ދުވަސް ކުރިން ފެށިގެން އުޅެމުން ދިޔައީ ހުން އައިސްގެން ވަރަށް ބަލިކޮށް ކަމަށް އޭނާއާ އެކު އެގޭގައި މަސައްކަތްކުރާ ބަނގުލަދޭޝްގެ އަނެއް ދެމީހުން ބުންޏެވެ. އަދި މިއަދު އޭނާ މެއަށާއި ބަނޑަށް ވަރަށް ބޮޑޮށް ތަދުވާތީ އުޅުނު ކަމަށް އޭނާ އެކު މަސައްކަތް ކުރި ދެމީހުން މަޢުލޫމާތު ދިނެވެ.

ނިޔާވި މީހާ އާ އެކު އެ ގޭގައި އެއް ކޮޓަރިއެއްގައި ދިރިއުޅުނު ބަނގުލަދޭޝްގެ މި 2 މީހުން ބުނި ގޮތުގައި އޭނާ ގާތު މިއަދު ޑޮކްޓަރަށް ދައްކަން ދާން އެދުމުން އޭނާ ބޭނުންވީ ކުޑަކޮށް ރެސްޓުކޮށްލުމަށް ފަހު ޑޮކްޓަރަށް ދައްކަން ދާށެވެ. ރެސްޓުކޮށްލުމަށް ކުޑަ އިރުކޮޅަކު އޮތުމަށް ފަހު، ފަންކާ ޖަހާފައި ހުރުމުން މާ ބޮޑަށް ފިނިވާތީ ކޮޓަރިން ނިކުމު، އޭނާ ދެން އޮތީ އެގޭގެ ސިޓިން ރޫމްގެ ސޯފާގައި، ގައިގަ ތުވާއްޔަކާއި ބެޑްޝީޓެއް އަޅައިގެންނެވެ.

އޭނާއާ އެކު މަސައްކަތް ކުރި ދެމީހުން އިތުރަށް ބުނި ގޮތުގައި އޭނާ ސޯފާގައި ނިދާފައި އޮންނަތާ ގިނަ އިރުވެގެން އައިސް ބެލި އިރު އޭނާގެ ނޭވާ ހުއްޓިފައިިވާ ކަމަށާއި، އެކަން ޔަޤީން ކުރުމަށް އެ ދެމީހުން އެ ވަގުތު ބޭރުގައި ކުނި ކަހަން އުޅުނު ދިވެހި އަންހެން މީހަކަށް ގޮވި ކަމަށެވެ. މި ދިވެހި އަންހެން މީހާ ވެސް ބެލި ބެލުމުން އޭނާގެ ނޭވާ ހުއްޓިފައިވާ ކަމަށް ބެލެވޭތީ އެ މަގުން ދިޔަ އިތުރު މީހަކު ލައްވާ ވެސް ޗެކު ކުރުމަށް ފަހު އެމީހުން ދުވާފަރު ސިއްޙީ މަރުކަޒުގައި މަސައްކަތް ކުރާ ޑޮކްޓަރަކަށް ގުޅާ އެކަންތައް ފުލުހުންނަށް ރިޕޯޓު ކުރިއެވެ.

ޑޮކްޓަރު ބެލުމަށް ފަހު އެ މީހާ މަރުވެފައި ވާކަން ކަށަވަރުކޮށްދީފައިވާ ކަމަށް ކައުންސިލުން މަޢުލޫމާތު ދިނެވެ. ދުވާފަރު ކައުންސިލުން މަޢުލޫމާތު ދިން ގޮތުގައި މަރުވި ބަނގުލަދޭޝް މީހާގެ ހަށިގަނޑު އިތުރަށް ބެލުމަށް، ފުލުހުންނާއި ރާއްޖޭގައި ހުންނަ ބަނގުލަދޭޝް އެންބަސީ ގުޅިގެން މިއަދު މެންދުރު ފަހު 3 ޖަހާއިރު ވަނީ މާލެ ފޮނުވާލާފައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close