ޚަބަރުރ.އަތޮޅު

އެމްއެމްޕީއާރްސީގެ މައްސަލާގައި ހިމެނޭ ރ.އަތޮޅުގެ 11 ރަށެއްގެ މުޢާމަލާތްތައް މަޑުޖައްސާލަން އަންގައިފި

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލާގައި ހިމެނޭ ރ.އަތޮޅުގެ 11 ތަނެއްގެ މުޢާމަލާތްތައް މަޑުޖައްސާލަން ކޮރަޕްޝަންގެ މައްސަލަތައް ބަލަން އުފައްދާފައިވާ ކޮމިޝަނުން ޓޫރިޒަމް މިނިސްޓްރީއަށް އަންގައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިކަން ހާމަކުރެއްވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެއްގައެވެ. މި ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ދޫކުރި ރަށްރަކުގެ ޙިއްސާ ބަދަލުކުރުން ފަދަ އެއްވެސް މުޢާމަލާތެއް ނުހިންހުމަށް ކަރަޕްޝަން ބަލަން ރައީސް ޞާލިހު އުފައްދާފައިވާ ކޮމިޝަން، ޕްރެޒިޑެންޝަން ކޮމިޝަން އޮފް ކަރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ އަންގާފައެވެ.

ކޮމިޝަނުން އެދިފައި ވަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ދޫކޮށްފައިވާ އެއްވެސް ރަށެއްގެ ޙިއްސާ ބަދަލުކުރަން ޓޫރިޒަމް މިނިސްޓްރީއަށް ހުށައަޅައިފި ނަމަ އެ މަޢުލޫމާތު އެ މޮމިޝަނާ ޙިއްސާކުރުމަށެވެ. އަދި އެކަން އެގޮތަށް ކުރުމަށް އަންގާފައި ވަނީ އެމްއެމްޕީއާރްސީ މައްސަލާގައި ބޮޑު ތަހުޤީގެއް ކުރަމުން އަންނަނިކޮށް އެއިން ރަށެއްގެ ޙިއްސާ ބަދަލުވެއްޖެ ނަމަ ތަހުޤީގަށް ހުރަސް އެޅިދާނެތީއެވެ.

އެއެމްޕީއާރްސީ މެދުވެރިކޮށް 55 ރަށެއް ދޫކޮށްފައި ވާއިރު 1.2 ބިލިއަން ރުފިޔާގެ ހިޔާނާތް ވަނީ ހިނގާފައެވެ. މާލެ އަތޮޅު ފިޔަވާ އެމްއެމްޕީއާރްސީ މެދުވެރިކޮށް އެންމެ ގިނަ ތަންތަން ދޫކޮށްފައި ވަނީ ރ.އަތޮޅުންނެވެ. އޭގެ ތެރޭގައި ރ.ހުރުވަޅި، ރ.އުތުރު މަފަރު، ރ.ފިލައިފޫ، ރ.ފިލައިދޫ ކައިރީގައިވާ ފުސްގަނޑު ފަޅު، ރ.ކޮތައިފަރު، ރ.ކުރޮށިގިރި، ރ.ބޮޑުފަރުފިނޮޅު، ރ.ވޭވަށް، ރ.ކަނޑޫގަނޑު، ރ.ހުރަވަޅި، ރ.އާރަށް، ރ.ފާރަފުށި، ރ.ގެމަނަ ހިމެނެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close