ކޮވިޑް-19

[covid-19-global-overview]
ޚަބަރު

ކޮމްބިނޭޝަން ޤުރްއާން މުބާރާތް 1440 – ހުރިހާ ބައިވެރިންގެ ކިޔެވުން ނިމިއްޖެ

ރ.ދުވާފާރުގައި ކުރިއަށް ދިޔަ ކޮމްބިނޭޝަން ޤުރްއާން މުބާރާތް 1440 ގައި ބައިވެރިވި ހުރިހާ ބައިވެރިން ކިޔަވާ ނިމިއްޖެއެވެ. މުބާރާތު އެންމެ ފަހު ދަންފަޅި އޮތީ މިއަދު މެންދުރު 13:00 ގައެވެ.

ދުވާފާރުގައި އިޖުތިމާއީ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވާ އިޖުތިމާއީ ގުރޫޕެއް ކަމުގައިވާ ކޮމްބިނޭޝަން އިން އިސްނަގައިގެން ދުވާފަރު ޒުވާނުންގެ ޖަމިއްޔާއާ ގުޅިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގެ ކިޔެވުން އޮތީ ރ.އަތޮޅު މަދަރުސާގައެވެ. ޖުމްލަ 83 ބައިވެރިން ބައިވެރިވި މި މުބާރާތުގެ ދެން އޮންނާނީ ނަތީޖާ ފާޅުކޮށް އިނާމް ދިނުމާއި، މުބާރާތް ނިންމުމުގެ ރަސްމިއްޔާތެވެ. މި ރަސްމިއްޔާތު އޮންނާނީ މާދަމާ ރޭ 21:30 ގައި ރ.އަތޮޅު މަދަރަސާގައެވެ. މި ރަސްމިޔާތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި އިސްލާމިކް މިނިސްޓާރ ޑރ.އަހުމަދު ޒާހިރު ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

ރ.އަތޮޅުގައި ބޭއްވި އެންމެ ބޮޑު އަދި އެންމެ ފުރިހަމަ އެއް ޤުރުްއާން މުބާރާތް ގޮތުގައި ފާހަގަކުރެވޭ މި މުބާރާތުގެ 1 ވަނަ އަށް ދާ ފަރާތަކަށް ކަނޑައެޅިފައިވާ އިނާމަކީ އުމުރާ ދަތުރަކާއެކު  ޕޮކެޓު މަނީގެ ގޮތުގައި 200 ޑޮލަރެވެ. އަދި 2 ވަނަ އަށްދާ ފަރާތަކަށް 10000ރ ގެ ފައިސާގެ އިނާމް، 3 ވަނަ އަށް ދާ ފަރާތަަކށް 5000ރ ގެ ފައިސާގެ އިނާމް ލިބިގެންދާނެއެވެ. މީގެ އިތުރުން 4 ވަނަ، 5 ވަނަ އަދި 6 ވަނަ އަށް 2000ރ ގެ ފައިސާގެ އިނާމެއް ވެސް ލިބިގެންދާނެއެވެ.

ގިނަ އަދަދެއްގެ ބެލުންތެރިން ބައްލަވާލެއްވުމަށް ވަޑައިގެން މި މުބާރާތުގެ ބެލުންތެރިންނަށް ހިއްވަރު ދިނުމުގެ ގޮތުން ކޮންމެ ދުވަހަކު ވެސް މުބާރާތް ބައްލަވާލެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުގެ މެދުގައި ގުރުއަތުން ހޮވޭ 3 ފަރާތުން ކޮންމެ ފަރާތަކަށް ޙާއްސަ އިނާމެއް ވެސް ހަވާލުކޮށްފައިވެއެވެ. އޭގެ ތެރެއިން ކޮންމެވެސް 1 ފަރާތަކަށް ލިބިގެން ދިޔަ އިނާމަކީ ބޭނުން ދުވަހަކު މާލޭ ދަތުރުކުރެއްވޭ ގޮތަށް ލޯންޗް ފެރީގެ ދެކޮޅު ޓިކެޓެވެ.

މި މުބާރާތުގެ ހުރިހާ ދަންފަޅިއެއްގެ ކިޔެވުން ވެސް އުނގޫފާރު.ކޮމް ގެ ފޭސްބުކް ޕޭޖުން ލައިވްކޮށްފައި ވާއިރު ފޭސްބުކް މެދުވެރިކޮށް ވެސް ގިނަ ބަޔަކު ވަނީ މި މުބާރާތް ބަލާފަައެވެ. މުބާރާތުގެ އިނާމް ދިނުމާއި ނިންމުމުގެ ރަސްމިޔާތު ވެސް އުނގޫފާރު.ކޮމް ގެ ފޭސްބުކު ޕޭޖުން ލައިވްކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close