ޙަބަރުރ.އަތޮޅު

މާމުނަގައު ރިސޯޓަށް ދަތުރުކުރި ދޯންޏެއް އިންޖީނު ހުއްޓިގެން އެމްއެންޑީއެފް އިން އެހީތެރިވެއްޖެ

މާލެ އިން ފުރައިގެން ރ.މާމުނަގައު ރިސޯޓަށް ދަތުރުކުރި ދޯންޏެއް އިންޖީނު ހުއްޓިގެން އެމްއެންޑީއެފް އިން އެހީތެރިވެއްޖެއެވެ. މިއަދު ހެނދުނު ހިނގި މި ހާދިސާގައި އިންޖީނު ހުއްޓިފައި ވަނީ “އަމާޒް 2” ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެކެވެ.

އެމްއެންޑީއެފް އިން ބުނި ގޮތުގައި މި ހާދިސާ އެމްއެންޑީއެފް ކޯސްޓް ގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 08:43 ގައި ކަމަށެވެ. އަދި މި ރިޕޯޓް ލިބުމާއެކު ކޯސްޓް ގާޑުގެ މާލޭ އޭރިއާ ސްކޮޑްރަން އިން ހަރަކާތްތެރިވާން ފަށާފައި ވާނޭ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

80 ފޫޓުގެ މި ދޯނި އިންޖީނު ހުއްޓިފައި ވަނީ ކ.އަކިރިފުށީގެ ހުޅަނގުން 2 ނޯޓިކަލް މޭލު ބޭރަށެވެ. އަދި އެ ވަގުތު ދޯނީގައި 10 ބިދޭސީންނާއި ދިވެއްސަކާ އެކު ޖުމްލަ 11 މީހުން ތިބި ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.
avatar
Close