ޙަބަރުރ.އަތޮޅު

އެއް ދަންފަޅިއަށް ކިޔަވައި ދިނުމަށް ކިނޮޅަހު ސްކޫލްގައި އިތުރު 6 ކުލާސްރޫމް އަޅަނީ

ރާއްޖޭގެ ސްކޫލް ތަކަކީ 1 ދަންފަޅިއަށް ކިޔަވައިދޭ ސްކޫލް ތަކަކަށް ހެދުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ރ.ކިނޮޅަހު ސްކޫލްގައި 6 ކުލާސް ރޫމް އެޅުމަށް ބޭނުންވާ ފައިސާ ހަމަޖެހިއްޖެ ކަމަށް ފޮރިން މިނިސްޓްރީން ހާމަކުރައްވައިފިއެވެ. ފޮރިން މިނިސްޓްރީން ހާމަ ކުރެއްވި ގޮތުގައި މި ފައިސާ ހަމަ ޖެހިފައި ވަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ދީފައިވާ 6.9 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ތެރެއިންނެވެ.

ފޮރިން މިނިސްޓްރީން ހާމަކުރި ގޮތުގައި އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ތެރެއިން ރ.ކިނޮޅަސް އަދި ނ.ޅޮޮހީ ސްކޫލްގައި، ކޮންމެ ސްކޫލެއްގައި 6 ކުލާސް ރޫމް އެޅުމަށް އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައި 12 މިލިއަން ދިވެހި ރުފިޔާ ލިބިފައިވާ ކަަމަށެވެ. ފޮރިން މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މި ސްކޫލްތަކަށް އަލަށް އިތުރު ކުރާ މި ކުލާސް ރޫމްތަކަކީ މި ސްކޫލްތަކުގައި 1 ދަންފަޅިއަށް ކިޔަވައިދޭން ފެށުމަށް ބޭންނުންވާ ކުލާސްރޫމެވެ.

ފޮރިން މިނިސްޓްރީން އިތުރަށް ބުނި ގޮތުގައި މި ހިލޭ އެހީ ދިވެހި ސަރުކާރަށް ދިނުމަށް އެއްބަސްވެފައި ވަނީ މި އަހަރުގެ މާރޗު މަހު 17 އިން 18 އަށް އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާނަލް އެފެއާޒް  ސުޝްމާ ސުވަރާޖް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close