ޙަބަރުރ.އަތޮޅު

ޔޫ އެންޑް މީ ރިސޯޓުގެ އޯޕަންޑޭ އެއް އަންނަ ހޮނިހިރު ދުވަހު އުނގޫފާރުގައި

ރ.އަތޮޅު އުތުރު މާފަރުގައި ހިންގާ ޔޫ އެންޑް މީ ބައި ކޮކޯން މޯލްޑިވްސް ރިސޯޓުން އަންނަ ހޮނިހިރު ދުވަހު އޯޕަން ޑޭއެއް ބޭއްވުމަށް ނިންމައިފިއެވެ. މި އޯޕަންޑޭ ކުރިއަށް ދާނީ އަންނަ ހޮނިހިރު ދުވަހު ހެނދުނު 11:00 ން ހަވީރު 17:00 އަށް އުނގޫފާރު ސްކޫލްގައެވެ.

މި އޯޕަންޑޭގައި  ފުޑް އެންްޑް ބަވަރޭޖް، ފްރޮންޓް އޮފީސް، ހައުސްކީޕިން އަދި އިންޖިނިއަރިން ދާއިރާއިން ވަޒީފާތަކަށް މުވައްޒަފުން ނެގުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ފުޑް އެން ބަވަރޭޖް ދާއިރާއިން ސުޕަވައިޒަރުންނާއި، ހޮސްޓެސް، ރެސްޓޯރެންޓް ކެޕްޓަން، ވެއިޓާރ އަދި ކޭޝިއަރުންގެ މަޤާމަށް މީހުން ނެގުމަށް ވަނީ ހަމަޖެހިފައެވެ. ފްރޮންޓް އޮފީސް ދާއިރާއިން ނެގުމަށް ހަމަޖެހިފައި ވަނީ ސުޕަވައިޒަރުންނާއި، ރިސެޕްޝަނިސްޓުންނާއި ބަގީ ޑްރައިވަރުންނެވެ. އަދި ހައުސްކީޕިން ދާއިރާއިން ސްޕަވައިޒަރުން، ލޯންޑަރީ އެޓެންޑެންޓް، ޕަބްލިކް އޭރިއާ އެޓެންޑެންޓް، ސްޓާފް ރޫމް އެޓެންޑެންޓުންގެ އިތުރުން  އިންޖިނިއަރިން ދާއިރާއިން  ސުޕަވައިޒަރުންނާއި، ގާޑެނާއިންނާއި، ކޮކްނަޓް ކުލައިމްބާގެ  މަގާމަށް މީހުން ނެގުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ސްކޫލް ނިންމާފައިވާ ފަރާތްތަކުގެ ތެރެއިން ހޮވާލެވޭ ކޮންމެވެސް 10 ފަރާތެއް އެ ރިސޯޓުން ހިންގާ އިންޓާންޝިޕް ޕްރޮގްރާމުގައި ބައިވެރި ކުރާ ގޮތަށް ވެސް ވަނީ ނިންމާފައެވެ. މި 10 ފަރާތަށް ފުޑް އެން ބަވަރޭޖް، ހައުސް ކީޕިން އަދި ފްރޮންޓް އޮފީސް ދާއިރާއިން ތަމްރީނު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި އޯޕަންޑޭ އާ ގުޅޭ އިތުރު މަޢުލޫމާތު 6581000 އަށް ގުޅާލުމުން ލިބިގެން ދާނެ ކަމަށް ޔޫ އެންޑް މީ ރިސޯޓުން މަޢުލޫމާތުދެއެވެ.

ރ.އަތޮޅުގެ ހުޅަނގު ބިތުގައި އޮންނަ އުތުރު މާފަރުގައި ކޮކޯން މޯލްޑިވްސް އިން ރޮމާންޓިކް ބީޗް ރިސޯޓެއްގެ ގޮތުގައި ތަރައްޤީކޮށްފައިވާ 5 ތަރީގެ މި ރިސޯޓުގައި 99 ވޯޓާ ވިލާ އާއި 10 ޕޫލް ވިލާ އާއި 5 ރެސްޓޯރެންޓް އަދި ސްޕާއެއް ހުންނާނެއެވެ. އަދި މި ރިސޯޓުގައި “އެޗްޓޫއޯ” ގެ ނަމުގައި ހިންގާ މޫދު އަޑީގެ ރެސްޓޯރެންޓެއް ވެސް ހުރެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close