ޙަބަރު

ކުލަބް ޔޫތު ސްޓާރގެ 16 ވަނަ ޤުރްއާން މުބާރާތް މިރޭ ފެށޭނެ

ކުލަބު ޔޫތު ސްޓަރގެ 16 ވަނަ ޤުރްއާން މުބާރާތް މިރޭ ފެށޭނެއެވެ. މި މުބާރާތް ފެށުމުގެ ރަސްމިއްޔާތު އޮންނާނީ މިރޭ 21:15 ގައި ކުލަބު ޔޫތު ސްޓާރ ހޯލްގައެވެ.

މި މުބާރާތުގައި 9 އުމުރުފުރާ އަކުން ޖުމްލަ 150 ބައިވެރިން ބައިވެރިވެފައިވެއެވެ. ބަލައިގެން ކިޔެވުމާއި ނުބަލާ ކިޔެވުމުގެ ގޮފި ހިމެނޭ މި މުބާރާތުގެ އުމުރުފުރާ ތަކަކީ 4 އަހަރުން ދަށާއި، 6 އަހަރުން ދަށާއި، 7 އަހަރުން ދަށާއި، 9 އަހަރުން ދަށާއި، 11 އަހަރުން ދަށާއި، 13 އަހަރުން ދަށާއި، 16 އަހަރުން ދަށާއި، 19 އަހަރުން ދަށް އަދި 19 އަހަރުން މަތީގެ އުމުރު ފުރާއެވެ.

މުބާރާތުގެ މުޤައްރަރު:

އުމުރުފުރާބަލައިގެން ކިޔެވުމުގެ ގޮފިނުބަލާ ކިޔެވުމުގެ ގޮފި
4 އަހަރުން ދަށްބޭނުން ސޫރަތެއްބޭނުން ސޫރަތެއް
6 އަހަރުން ދަށްސޫރަތުއް ޢައުލާ އިން ސޫރަތުއް ޢަޞްރިސޫރަތުއް ޟުޙާ އިން ސޫރަތުއް ނާސި
7 އަހަރުން ދަށްސޫރަތުއް ބުރޫޖް އިން ސޫރަތުއް ތީންސޫރަތުއް ބަލަދު އިން ސޫރަތުއް ކައުޘަރު
9 އަހަރުން ދަށްސޫރަތުއް އިންފިޠާރު އިން ސޫރަތުއް ޟުޙާސޫރަތުއް އިންޝިޤާޤް އިން ސޫރަތުއް ޢަލަޤް
11 އަހަރުން ދަށްސޫރަތުއް ނަބާ އިން ސޫރަތުއް ޝަމްސްސޫރަތުއް ތަކްވީރް އިން ސޫރަތުއް ލައިލި
13 އަހަރުން ދަށްސޫރަތުއް މުރުސަލާތު އިން ސޫރަތުއް ތާރިޤްސޫރަތުއް ނަބާ އިން ސޫރަތުއް ބުރޫޖް
16 އަހަރުން ދަށް29 އަދި 30 ވަނަ ފޮތްސޫރަތުއް މުއްޒަންމިލް އިން ސޫރަތުއް ތަކްވީރު
19 އަހަރުން ދަށް28، 29 އަދި 30 ވަނަ ފޮތްސޫރަތުއް ޤަލަމް އިން ސޫރަތުއް މުރުސަލާތު
19 އަހަރުން މަތި26، 27، 28، 29 އަދި 30 ވަނަ ފޮތް28، 29 އަދި 30 ވަނަ ފޮތް

ކުލަބު ޔޫތު ސްޓާރ އިން މަޢުލޫމާތު ދިން ގޮތުގައި ކުރީ އަހަރުތަކާ ޚިލާފަށް މިފަހަރު މި މުބާރާތުން ފެންނާނެ އެންމެ ބޮޑު ބަދަލަކީ މުޅި މުބާރާތް ޑިގިޓަލް ކުރެވިފައި ވުމެވެ. މިކަމަށް ޓަކައި ޙާއްސަ ސޮފްޓްވެއާ އެއް ކުލަބުން ވަނީ ތައްޔާރުކޮށްފައެވެ. މުބާރާތުގައި ބައިވެރިން ކިޔަވާނެ ސުވާލު އިހުތިޔާރު ކުރުމާއި، ސުވާލު ނެގުމުން ކިޔަވަންވީތަން ކޮމްޕިއުޓާރ ސްކްރީނަކުން ވަގުތުން ފެނުމާއި، ޖަޖުން މާކުސް ދިނުމަށް ބޭނުން ކުރާ ޝީޓާއި މުބާރާތުގެ ހުރިހާ ކަމެއް މިފަހަރު ވަނީ ޑިގިޓަލް ކުރެވިފައެވެ.

މި މުބާރާތަކީ ކުލަބު ޔޫތު ސްޓާރ އިން ކޮންމެ އަހަރަކު ރަމަޟާން މަހާ ދިމާކޮށް ސިލްސިލާކޮށް ބާއްވަމުން އަންނަ ޤުރްއާން މުބާރާތެކެވެ. އަދި މިއީ މި މުބާރާތް ޖެހިޖެހިގެން ބާއްވާ 16 ވަނަ ފަހަރެވެ.

މި މުބާރާތުގެ ހުރިހާ ދަންފަޅިއެއްގެ ކިޔެވުން އުނގޫފާރު.ކޮމް ގެ ފޭސްބުކް ޕޭޖުން ލައިވް ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close