ޙަބަރު

އަމިއްލަ ފަރާތަކުން މަސްޖިދުއް ތަޤުވާ އަށް ސްޕީކަރުތަކެއް ހަދިޔާކޮށްފި

އުނގޫފާރުގެ އަމިއްލަ ފަރާތަކުން އުނގޫފާރުގެ މަސްޖިދުއް ތަޤުވާ އަށް  4 ސްޕީކަރު ހަދިޔާކޮށްފިއެވެ. މި ސްޕީކަރުތައް ހަދިޔާކޮށްފައި ވަނީ ރ.އުނގޫފާރު، މަލާޒް، އަބްދުއް ޝަކޫރު ޙަސަން އެވެ.

މި ސްޕީކަރުތައް ހަދިޔާކޮށްފައި މި ވަނީ މިއަދުއެވެ. މިސްކިތުގެ ފަރާތުން މި ސްޕީކަރުތަކާ ހަވާލުވެލެއްވީ މިސްކިތުގެ އިމާމު ހުސެއިން އިރުޝާދުއެވެ. އަބްދުއް ޝަކޫރުގެ ފަރާތުން މި ސްޕީކަރުތައް ހަދިޔާކޮށްފައި މި ވަނީ މަސްޖިދުއް ތަޤުވާގައި މިހާރު ހުރި ސްޕީކަރުތަކަށް އެކި މައްސަލަތައް ދިމާވަމުންދާ ދަނޑިވަޅެއްގައި މިސްކިތުގެ ސައުންޑު ސިސްޓަމް ރަނގަޅު ކުރުމަށް އެހީތެރިވެ ދިނުމުގެ ގޮތުންނެވެ.

މަސްޖިދުއް ތަޤުވާއަށް ހަދިޔާކޮށްފައިވާ ސްޕީކަރުތައް

އަބްދުއް ޝަކޫރު ޙަސަން އަކީ އުނގޫފާރުގެ ކުރިއަރަމުން އަންނަ މަޝްހޫރު ވިޔަފާރިވެޔާ ހުސެއިން ފަހުމީގެ ބައްޕައެވެ. އުނގޫފާރު.ކޮމް އަށް މަޢުލޫމާތު ދެއްވަމުން ހުސެއިން ފަހުމީ ބުނި ގޮތުގައި ވަރަށް އަވަހަށް މި ސްޕީކަރުތައް މިސްކިތުގައި ހަރުކުރެވި އޭގެ ބޭނުން ކުރެވެން ފެށޭނެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.
avatar
Close