ޙަބަރު

ބީޗްހެވެން ގޭގައި ހިންގާ ޤުރްއާން ކުލާހުގައި ހަތިމް ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

އުނގޫފާރު ބީޗް ހެވަން ގޭގައި ދުރޫސް ލާނިން ސެންޓަރ ގެ ނަމުގައި ކުރިއަށް ގެންދާ ޤުރްއާން ކުލާހުގައި މި ރަމަޟާން މަހަށް ޙާއްސަކޮށްގެން ހަތިމް ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމްގައި މި ޤުރްއާން ކުލާގުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން 25 ކުއްޖަކު މިއަދު ވަނީ ކީރިތި ޤުރްއާން ހަތިމްކޮށްފައެވެ.

ދުރޫސް ލާނިން ސެންޓަރުން ކުރިއަށް ގެންދިޔަ ޤުރްއާން ހަތިމް ކުރުމުގެ ޕްރޮގްރާމް ނިންމި ކުދިންނަށް އިނާމު ދެނީ

ރަމަޟާން މަހުގެ އެކި ދުވަސްތަކަށް ބަހާލައިގެން ކޮންމެ ދުވަހަކު ވެސް ވަކި ވަރަކަށް ކިޔަވާ ގޮތަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގެ އެންމެ ފަހު ބުރު އޮތީ މިއަދު ހަވީރުއެވެ. މިއަދު ޤުރްއަން ހަތިމްކުރި 25 ކުދިންގެ ޝަރަފުގައި ބީޗް ހެވަން ގޭގައި ޙާއްސަ ރޯދަ ވިއްލުމެއް އޮތް އިރު އެކުދިންނަށް ވަނީ އެ ކުދިންގެ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ޙާއްސަ އިނާމެއް ވެސް ދީފައެވެ.

ދުރޫސް ލާނިން ސެންޓަރުން ކުރިއަށް ގެންދިޔަ ޤުރްއާން ހަތިމް ކުރުމުގެ ޕްރޮގްރާމް ނިންމި ކުދިންނަށް ބޭއްވި ޙާއްސަ ރޯދަވީއްލުން

މި ޤުރްއާން ކުލާސް ހިންގާ އަދި ޤުރްއާން ކުލާހުގައި ކިޔަވައި ދެއްވާ ފަރާތް ކަމުގައިވާ ހިދާޔާ ހަމީދު އުނގޫފާރު،ކޮމް އަށް މަޢުލޫމާތު ދެމުން ބުނި ގޮތުގައި މި ޕްރޮގްރާމްގެ މަޤުސަދަކީ ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް ކުދިންނަށް ކީރިތި ޤުރްއާން ކިޔެވުމުގެ މަތިވެރި ސަވާބު ހޯދުމުގެ މަގު ފަހިކޮށްދިނުމާއި އެ ކުދިންގެ ހިތުގައި ކީރިތި ޤުރްއާނަށް ލޯބި ޖެއްސުމެވެ.

ބީޗް ހެވަންގައި ހިންގާ ޤުރްއާން ކުލާސް ހުޅުވާފައި ވަނީ މިިދިޔަ އަހަރު ފަހުކޮޅެއެވެ. އަދި މި ޤުރްއާން ކުލާހުގައި ގިނަ ކުދިންނެއް މިހާރު އަންނަނީ ޤުރްއާން އުނގެނެމުންނެވެ. އަދި މިއީ އަމިއްލަ ފަރާތަކުން އިސްނަގައިގެން ރަމަޟާން މަހަށް ޙައްސަކޮށް ޤުރްއާން ހަތިމް ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.
avatar
Close