ޙަބަރުރ.އަތޮޅު

ޔޫ އެން މީ ރިސޯޓުގެ އޯޕަންޑޭ ފެށިގެން ކުރިއަށް ދަނީ

ރ.އަތޮޅު އުތުރު މާފަރުގައި ހިންގާ ޔޫ އެންޑް މީ ބައި ކޮކޯން މޯލްޑިވްސް ރިސޯޓުގެ އޮޕަންޑޭ ފެށިގެން ކުރިއަށް އެބަދެއެވެ. ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތުތަކާ އެކު ފެށި މި އޯޕަންޑޭ ހަވީރު 17:00 ގެ ނިޔަލަށް ކުރިއަށް ދާނެއެވެ. މި އޯޕަންޑޭ ކުރިއަށް ދަނީ އުނގޫފާރު ސްކޫލްގައެވެ.

މި އޯޕަންޑޭގައި ޔޫ އެންޑް މީ ރިސޯޓުގައި މިވަގުތު ހުރި ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތު ތަކުގެ މަޢުލޫމާތު ދިނުމާއި ވަޒީފާތަކަށް އެދި ހުށައެޅުމުގ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ޔޫއެންމީ ރިސޯޓުން މަޢުލޫމާތުދޭ ގޮތުގައި އެ ރިސޯޓުގައި މިވަގުތު ހުރި ވަޒީފާތަކަކީ ރިސެޕްޝަނިސްޓު، ބެލްބޯއީ / ބަގީ ޑްރައިވާ، ގެސްޓް ރިލޭޝަން ސްޕަވައިޒާ، ބޯޓް ކްރޫ، ހައުސްކީޕިން ސްޕަވައިޒާ، ޕަބްލިކް އޭރިއާ ކްލީނާ، ލޯންޑަރީ ސްޕަވައިޒާ، ލޯންޑަރީ އެޓެންޑެންޓް، ގާޑެނާ، އެސިސްޓެންޓް އެފް އެން ބީ މެނޭޖާ، ރެސްޓޯރެންޓް މެނޭޖާ، ރެސްޓޯރެންޓް ސުޕަވައިޒާ، އިން ވިލާ ސްޕަވައިޒާ، ހޮސްޓެސް، ބާ ސްޕަވައިޒާ، ބާޓެންޑާ، ވެއިޓާރ، ބާ ވެއިޓަރ، އެގްޒެކިއުޓިވް ސޯސް ޗެފް، ޕޭސްޓްރީ ޗެފް، ކޭޝިއާ ގެ އިތުރުން އަދިވެސް އިތުރު ވަޒީފާތަކެވެ.

މީގެ އިތުރުން ސްކޫލް ނިންމާފައިވާ ފަރާތްތަކުގެ ތެރެއިން ހޮވާލެވޭ ކޮންމެވެސް 10 ފަރާތެއް އެ ރިސޯޓުން ހިންގާ އިންޓާންޝިޕް ޕްރޮގްރާމުގައި ބައިވެރި ކުރާ ގޮތަށް ވެސް ވަނީ ނިންމާފައެވެ. މި 10 ފަރާތަށް ފުޑް އެން ބަވަރޭޖް، ހައުސް ކީޕިން އަދި ފްރޮންޓް އޮފީސް ދާއިރާއިން ތަމްރީނު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި އޯޕަންޑޭ އާ ގުޅޭ އިތުރު މަޢުލޫމާތު 6581000 އަށް ގުޅާލުމުން ލިބިގެން ދާނެ ކަމަށް ޔޫ އެންޑް މީ ރިސޯޓުން މަޢުލޫމާތުދެއެވެ.

ރ.އަތޮޅުގެ ހުޅަނގު ބިތުގައި އޮންނަ އުތުރު މާފަރުގައި ކޮކޯން މޯލްޑިވްސް އިން ރޮމާންޓިކް ބީޗް ރިސޯޓެއްގެ ގޮތުގައި ތަރައްޤީކޮށްފައިވާ 5 ތަރީގެ މި ރިސޯޓުގައި 99 ވޯޓާ ވިލާ އާއި 10 ޕޫލް ވިލާ އާއި 5 ރެސްޓޯރެންޓް އަދި ސްޕާއެއް ހުންނާނެއެވެ. އަދި މި ރިސޯޓުގައި “އެޗްޓޫއޯ” ގެ ނަމުގައި ހިންގާ މޫދު އަޑީގެ ރެސްޓޯރެންޓެއް ވެސް ހުރެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close