ޙަބަރު

ޒިލާން އަލިގަދަ ތަރި: ލައިކް ދިނުމުގެ އެންމެ ފަހު ދުވަހަށް މިއަދު ވެދާނެ!

އުނގޫފާރު ފޯސްޓަރިން އެވެއާނެސް އެސޯސިއޭޝަން (އުފާ) އިން އިންތިޒާމްކޮށްގެން މި ރަމަޟާން މަހު ކުރިއަށް ގެންދިޔަ ޤުރްއާން މުބާރާތް، ޒިލާން އަލިގަދަ ތަރި 1440 ގެ ގަދަ 10 ބައިވެރިންގެ ކިޔެވުމަށް ފޭސްބުކް މެދުވެރިކޮށް ލައިކް ދިނުމުގެ ސުން ގަޑި  ފިތުރު ޢީދު ވިލޭރޭ 12:00 އަށް ހަމަވާނެއެވެ. އެހެން ކަމުން މާދަމާ އެއީ އީދަށް ވެއްޖެ ނަމަ ލައިކް ދިނުމުގެ ސުން ގަޑި މިރޭގެ 12 އަށް ހަމަވާނެއެވެ.

އާންމުކޮށް ހުޅުވާލައިގެން ބޭއްވުނު އޮޑިޝަނަކުން ހޮވާލެވުނު މި 10 ބައިވެރިންގެ ކިޔެވުން ކުރިއަށް ދިޔައީ ރަމަޟާން މަހުގެ 2 ވަނަ ދުވަހުއެވެ. މި މުބާރާތް ކުރިއަށް ދާގޮތުން މުބާރާތުގެ 1، ވަނަ 2 ވަނަ އަދި 3 ވަނަ ހޮވުމަށް ބަލާނީ 80 އިންސައްތަ ފަނޑިޔާރުންގެ މާކުހާއި 10 ބައިވެރިންގެ ޤުރްއާން ކިޔެވުން ހިމެނޭ ވީޑިއޯ އުނގޫފާރު.ކޮމް ފޭސްބުކް ޕޭޖަށް އަޕްލޯޑް ކުރުމުން ބެލުންތެރިން ވީޑިއޯތަކަށް ދީފައިވާ ލައިކްސް އިން ނަގާ 20 ޕަސެންޓު މާކުހެވެ.

ބައިވެރިންގެ ވީޑިއޯތަކަށް ލައިކް ހޯދުމުގެ ކެމްޕޭން ރަމަޟާން މަހުގެ ތެރޭގައި ގޮސްފައި ވަނީ ވަރަށް ވާދަވެރިކަމާއެކު ފޯރި ގަދަކޮށެވެ. ބައެއް ބައިވެރިންގެ ލައިކް 3000 ން މަތީގައި އުޅޭ އިރު މިއަދު މިއީ އެންމެ ފަހު ދުވަހަށް ވެދާނެތީ މިއަދު މިއީ ބައިވެރިންގެ ވިޑިއޯތަކަށް ލައިކް ހޯދުމަށް ގަދަ ހިފުމަކަށް ދާނެ ދުވަހެކެވެ. މި ކެމްޕޭންގެ ސަބަބުން މި ވީޑިއޯތަށް ވަނީ އެތައް ހާސް ބަޔަކު ބަލާފައެވެ. މުބާރާތުގެ އެންމެ ބޮޑު އެއް މަޤުސަދަކީ ވީހާވެސް ގިނަ ބަޔަކު ބައިވެރިންގެ ކިޔެވުން އަޑުއެހުމެވެ.

ސުންގަޑީގައި ބައިވެރިންނަށް ލިބިފައިވާ ލައިކްސް ބަލާނީ ކިހިނެއް؟

ފޭސްބުކް ވީޑިއޯތަކުގައި ހުންނަ ލައިކްގެ އަދަދު ހުންނަނީ ކޮންމެ ހާހަކަށް ވުރެ މަތިވުމުން އަދަދުގެ އެންމެ ފަހު 2 ޑިޖިޓު ނުފެންނަ ގޮތަށް “ކޭ” އަކުރެއް ޖަހާފައެވެ. މިސާލަކަށް “1.5ކޭ” މި ގޮތަށެވެ. އެހެންނަމަވެސް ލައިކް ލިބިފައިވާ އަދަދުގެ ފުރިހަމަ ފިގާ ފޭސްބުކުގެ “ގްރާފް އޭޕީއައި” ބޭނުންކޮށްގެން ބެލޭނެއެވެ. ފޭސްބުކް ގްރާފް އޭޕިއައި ބޭނުންކޮށްގެން 10 ވީޑިއޯއަށް ލިބިފައިވާ ލައިކްގެ ފުރިހަމަ ފިގާ އެއްފަހަރާ އެއްވަގުތެއްގައި ބަލައިލެވޭ ގޮތަށް އުފާގެ ޓީމުން ވަނީ އެޕްލިކޭޝަން އެއް ތައްޔާރުކޮށްފައެވެ. މި އެޕްލިކޭޝަން އިން 10 ބައިވެރިންނަށް ލިބިފައިވާ ލައިކްގެ ފުރިހަމަ ފިގާ ޢީދު ވިލޭރޭ 12:00 ގައި  ބެލުމަށް ފަހު  އެ އަދަދުތަކަކީ މުބާރާތުގެ ފައިނަލް ނަތީޖާ ނެރުމަށް ބޭނުން ކުރާނެ އަދަދުތަކެވެ. އަދި ޢީދު ވިލޭރޭ 12 ޖެހުމުގެ ކުރިން ފަހު 15 މިނެޓް ވީޑިއޯތަކުގެ ލައިކްއަށް އަންނަ ބަދަލު ފެންނަ ގޮތަށް އުނގޫފާރު.ކޮމްގެ ފޭސްބުކް ޕޭޖުގައި ފޭސްބުކް ލައިވް ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އުފާ އާއި އުނގޫފާރުގެ އަމިއްލަ ފަރާތެއް ކަމުގައިވާ މުޙައްމަދު ސުޒީލް (ޒިލާން) ގެ ޒިލާން ޕްރައިވެޓް ލިމިޓޭޑް އަ ގުޅިގެން ކުރިއަށް ގެންދާ މި މުބާރާތުގެ 1 ވަނަ އިނާމަކަށް 10000ރ ގެ ފައިސާގެ އިނާމެއް އަދި 2 ވަނަ އަށް 5000ރ އަދި 3 ވަނަ އަށް 2000ރ ގެ ފައިސާގެ އިނާމެއް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close