ދީން

ފޮލޯމީ އުފާ ރޯދަ ކުއިޒުގެ ހުރިހާ ސުވާލަކަށް ޖަވާބު ދިނުމުގެ ސުންގަޑިއަކީ މިރޭ 12:00

އުނގޫފާރު ފޯސްޓަރިން އެވެއާނެސް އެސޯސިއޭޝަން (އުފާ) އިން ކުރިއަށް ގެންދިޔަ ދީނީ ސުވާލު މުބާރާތުގެ 29 ސުވާލުގެ ޖަވާބު ފޮނުވުމުގެ އެންމެ ފަހު ވަގުތަކީ މިރޭގެ 12:00 އެވެ. އުނގޫފާރުގެ ފޮލޯމީ ހާޑްވެެއާ އިން ސްޕޮންސާކުރި މި މުބާރާތަކީ ރަމަޟާން މަހުގެ 29 ދުވަހުގެ ތެރެއިން ކޮންމެ ދުވަހަކު ސުވާލެއް ކުރާ ގޮތަށް ކުރިއަށް ގެންދިޔަ މުބާރާތެކެވެ.

މި މުބާރާތުގެ އެންމެ ގިނަ ސުވާލުގެ ޖަވާބު ދިމާކުރާ 3 ފަރާތަކަށް 1500ރ ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގެ ސުވާލުތަކަށް ޖަވާބު ދިނުން ކުރިއަށް ދިޔައީ އުނގޫފާރު.ކޮމް އިން މިކަމަށް ޓަކައި ތައްޔާރު ކުރި ވެބް ޕޯޓަލްއެއް މެދުވެރިކޮށެވެ. މި ޕޯޓަލްއަށް ލޮގިން ވަނީ އެމީހެއްގެ ދިރާގު ނުވަތަ އޫރިދޫ މޯބައިލް ފޯން ނަމްބަރު ބޭނުންކޮށްގެން ފޯނަށް ފޮނުވާ ކޯޑެއްގެ ޖަހައިގެންނެވެ.

އުފާ ރޯދަ ކުއިޒްގެ ޕޯޓަލްއަށް ވަނުމަށް މި ލިންކަށް ފިތާލާށެވެ. އުފާ ރޯދަ ކުއިޒް 1440

ހުރިހާ ސުވާލެއް ފެންނާނީ ކޮންތާކުން؟

ޕޯޓަލް އަށް ވަންނަ އިރު ފެންނަ ސްކްރީންގެ އެންމެ ތިރީގައި މަތީގައި އެ ވާ ފޮޓޮއިން އެ ފެންނަ ސްލައިޑާރ ފެންނަން ހުންނާނެއެވެ. އެ ސްލައިޑާރ މައުސް ނުވަތަ އިނގިލި ބޭނުންކޮށްގެން 2 ފަރާތަށް ކަހާލެވޭނެއެވެ. ނުވަތަ ސްލައިޑް ކުރެވޭނެއެވެ. އެ ސްލައިޑަރ ގައި ހުރިހާ ސުވާލަކަށް ދާނެ ލިންކު ހުންނާނެއެވެ. ސުވާލަށް ދިއުމަށް ސުވާލު ނަމްބަރާ ދިމާލުގައި އެވާ ނޫކުލައިގެ ބަޓަނަށް ފިތާލާށެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close