ކޮވިޑް-19

ދީން

ފޮލޯމީ އުފާ ރޯދަ ކުއިޒްގެ ނަތީޖާ އާއި ސުވާލުތަކުގެ ރަނގަޅު ޖަވާބު

އުނގޫފާރު ފޯސްޓަރިން އެވެއާނެސް އެސޯސިއޭޝަން (އުފާ) އިން ހުސްވި ރަމަޟާން މަހު ކުރިއަށް ގެންދިޔަ ދީނީ ސުވާލު މުބާރާތުގެ ހުރިހާ ސުވާލަކަށް ޖަވާބު ދިނުމަށް ދެވިފައިވާ ވަގުތު ރޭގެ 12:00 އަށް ހަމަވި އިރު ހުރިހާ ސުވާލެއްގެ ޖަވާބު 25 ފަރާތަކުން ރަނގަޅުކޮށްފިއެވެ. މި މުބާރާތުގައި ޖުމްލަ 29 ސުވާލުކޮށްފައި ވާއިރު ސުވާލުތަކުގެ ޖަވާބު 264 ފަރާތަކުން ވަނީ ފޮނުވާފައެވެ. އޭގެ ތެރެއިން 29 ސުވާލުގެ ޖަވާބު ފޮނުވާފައި ވަނީ 149 ފަރާތަކުންނެވެ.

މުބާރާތުގެ ސުވާލުތަކުގެ ރަނގަޅު ޖަވާބު ބަލައިލުމަށް ތިރީގައިވާ ލިންކަށް ޒިޔާރަތްކޮށްލައްވާށެވެ. އަދި ޖަވާބު ދެއްވުމަށް ބޭނުންކުރި ފޯން ނަމްބަރު ބޭނުންކޮށްގެން ލޮގިން ވުމުން އެ ފަރާތެއްގެ ނަތީޖާ އާއި ރަނގަޅުވި ޖަވާބު ތަކާއި ނުބައި ވި ޖަވާބުތައް ފެންނާނެއެވެ. ނަތީޖާ ބެލުމަށް ފަހު 29 ސުވާލުގެ ޖަވާބު ރަނގަޅުވި ފަރާތްތަކުން 7441103 އަށް ޖަވާބު ދިނުމަށް ބޭނުންކުރި މޯބައިލް ނަމްބަރާއެކު ނަމާއި އެޑްރެސް އެސްއެމްއެސް ކުރެއްވުން އެދެމެވެ.

ސުވާލުތަކުގެ ރަނގަޅު ޖަވާބާއި ނަތީޖާ ބަލައިލުމަށް

ސުވާލުތަކުގެ ރަނގަޅު ޖަވާބާއި ނަތީޖާ ބަލައިލުމަށްމި މުބާރާތުގެ އެންމެ ގިނަ ސުވާލުގެ ޖަވާބު ރަނގަޅުވި 25 ފަރާތުގެ ތެރެއިން ގުރުއަތުން ހޮވޭ 3 ފަރާތަކަށް 1500ރ ގެ ފައިސާގެ އިނާމެއް ލިބިގެންދާނެއެވެ. މި މުބާރާތުގެ ގުރުއަތުލުން އޮންނާނީ މާދަމާ ރޭ އެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close