ކޮވިޑް-19

[covid-19-global-overview]
ޚަބަރު

އެންމެ ގިނަ ފޭސްބުކް ލައިކް ނައީޝާ އަށް

އުނގޫފާރު ފޯސްޓަރިން އެވެއާނަސް އެސޯސިއޭޝަން (އުފާ) އިން އިންތިޒާމްކޮށްގެން އުނގޫފާރުގެ އަމިއްލަ ފަރާތެއް ކަމުގައިވާ މުޙައްމަދު ސުޒީލް (ޒިލާން) ގެ ޒިލާން ޕްރައިވެޓް ލިމިޓެޑް އާ ގުޅިގެން ކުރިއަށް ގެންދިޔަ “ޒިލާން އަލިގަދަ ތަރި 2019” ޤުރްއާން މުބާރާތުގެ ގަދަ 10 ބައިވެރިންގެ ކިޔެވުން ހިމެނޭ ވީޑިއޯއަށް ބެލުންތެރިންގެ ލައިކްސް އަށް ހުޅުވާލި ފުރުސަތުގައި އެންމެ ގިނަ ލައިކްސް ފާޠިމަތު ނައީޝާ ޖާދުﷲ އަބްދުލް ބާރީ، ނަޖަފް، ރ.އުނގޫފާރު ހޯދައިފިއެވެ.

ވީޑިއޯ ތަކަށް ލައިކްސް ދިނުމުގެ ސުންގަޑި ޢީދު ވިލޭރޭ 12:00 އަށް ހަމަވިއިރު 12:00 އާ ހަމައަށް ނައީޝާއަށް 3643 ލައިކް ލިބިފައި ވެއެވެ. 2 ވަނަ އަށް އެންމެ ގިނަ ލައިކް ލިބިފައި ވަނީ ފާޠިމަތު އަމާނީ އަހުމަދު އަށެވެ. އަމާނީ އަށް 3568 ލައިކް ލިބިފައިވެއެވެ. 3 ވަނަ އަށް އެންމެ ގިނަ ލައިކް ޝާމްއާ އިބްރާހިމް އަށް ލިބިފައިވާ އިރު އޭނާއަށް ލިބިފައި ވަނީ 2860  ލައިކް އެވެ.

އީދު ވިލޭރޭގެ 12:00 ގެ ނިޔަލަށް ބައިވެރިންނަށް ލިބިފައިވާ ލައިކްގެ އަދަދު

3643ފާޠިމަތު ނައީޝާ ޖާދުﷲ ޢަބްދުލް ބާރީ، ނަޖަފް، ރ.އުނގޫފާރު، 16 އަހަރު
3568ފާޠިމަތު އަމާނީ އަހުމަދު، ހަނދުވަރީގެ، ރ.އުނގޫފާރު، 9 އަހަރު
2869ޝަމްއާ އިބްރާހިމް، އައިކްވިލާ، ރ.އުނގޫފާރު، 13 އަހަރު
2626އަމަތުﷲ ލަޠީފު، ފަންގި، ރ.އުނގޫފާރު، 45 އަހަރު
2072އައިޝަތު އީމާ އަހުމަދު، އުދަރެސް، ރ.އުނގޫފާރު، 11 އަހަރު
2010ރައިން ރުޝްދީ، ޖަވާހިރުމާގެ، ރ.އުނގޫފާރު، 13 އަހަރު
732މަރިޔަމް ޢާލާ ޢަލީ، ވެލަނބުލިގެ، ށ.ކޮމަންޑޫ، 11 އަހަރު
616އައިމިނަތު ޒަބާ އަދުނާން، ރަތްމުތް، ރ.އުނގޫފާރު، 14 އަހަރު
464އުންމު ހާނީ ބިންތު އަހުމަދު، ސީނުގެ، ރ.އުނގޫފާރު، 16 އަހަރު
358އަހްލަމް ވިސާމް، ނީލޯފަރުގެ، ރ.އުނގޫފާރު، 12 އަހަރު

ބައިވެރިންނަށް ލައިކް ލިބިފައިވާ އަދަދު އެއްވަގުތެއްގައި ބެލުމަށް އުނގޫފާރު.ކޮމް އިން ބޭނުންކޮށްފައި ވަނީ “ފޭސްބުކް ގްރާފް އޭޕީއައި” އެވެ. އަދި އެކަމަށްޓަކައި ތައްޔާރުކުރި ވެބް އެޕްލިކޭޝަންއެއް ބޭނުންކޮށްގެން ލައިކް ލިބެމުން ދިޔަ ވަރު ސުންގަޑި ހަމަވުމުގެ 10 މިނެޓު ކުރިން ފެށިގެން 12:00 އާ ހަމައަށް އުނގޫފާރު.ކޮމް ގެ ފޭސްބުކް ޕޭޖުން ލައިވްކޮށްފައި ވާނެއެވެ.

މި މުބާރާތުގެ ބައިވެރިންނަށް ލިބޭ 20% މާކްސް އަކީ ވީޑިއޯތަކަށް ލިބޭ ފޭސްބުކް ލައިކްއެވެ. އަދި 80 އިންސައްތަ މާކުސް އަކީ ފަނޑިޔާރުން ބައިވެރިންގެ ކިޔެވުމަށް ދީފައިވާ މާކްސްއެވެ. 2 ބައި އެއްކޮށްލުމަށްފަހު މުބާރާތުގެ ފައިނަލް ނަތީޖާ އިއްވުމަށް ހަމަޖެހިފައިވަނީ މާދަމާރޭ އޮންނަ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައެވެ. މުބާރާތުގެ 1 ވަނައަށް 10000ރ ގެ ފައިސާގެ އިނާމެއް، 2 ވަނަ އަށް 5000ރ ގެ ފައިސާގެ އިނާމެއް އަދި 3 ވަނަ އަށް 2000ރ ގެ ފައިސާގެ އިނާމެއް ލިބިގެންދާނެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close