ޚަބަރު

ތިމާވެށި ދުވަހާ ގުޅިގެން އުނގޫފާރުގައި ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި

މިއަދު ފާހަގަ ކުރާ ދުނިޔޭގެ ތިމާވެށި ދުވަހުގެ މުނާސަބަތުގައި ޒުވާނުންތަކެއް ބައިވެރިވެގެން އުނގޫފާރުގައި ގަސް އިންދިމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މިކަމަށް އިސްނަގާފައި ވަނީ އުނގޫފާރުގެ ޒުވާނެއް ކަމުގައިވާ ޔޫސުފް ސުހެއިލް، ވެނީލާ، ރ.އުނގޫފާރުއެވެ.

ޒުވާނުންތަކެއް އިސްނަގައިގެން ކުރިއަށް ގެންދިޔަ ގަސް އިންދުމުގެ ޕްރޮގުރާމުގެ ތެރެއިން – ފޮޓޯ: ފޭސްބުކް

މި ޕްރޮގްރާމްގައި އުނގޫފާރުގައި ތަރައްޤީކޮށްފައިވާ ޕިކްނިކް އޭރިއާއަށް ދާން އޮންނަ މަގުގެ 2 ފަރާތުގައި ވަނީ ފިތުރޯނު ގަސްތަކެއް އިންދާފައެވެ. މި ފިތުރޯނު ގަސްތައް ރޯކުރުމުގެ މަސައްކަތް ފަށާފައި ވަނީ ސުހެއިލް އާއި އޭނޭގެ އިތުރު 2 ރަހުމްތްތެރިން ގުޅިގެން 2017 ވަނަ އަހަރުއެވެ. ސުހެއިން ބުނި ގޮތުގައި މިއަދު ފެނިގެން އެ ދިޔައީ އެ މަސައްކަތުގެ ފޮނި ނަތީޖާއެވެ. ސުހެއިލް އާއި އޭނާގެ ރަހުމަތްތެރިން ވަނީ ރަށުގެ އެކި ހިސާބުގައި އިންދުމަށް ގިނަ ގަސްތަކެއް ރޯކުރަން ފަށާފައެވެ.

“އަބަދު ވެސް ތިމާވެއްޓާ ދޭތެރޭ ވިސްނައިގެން އުޅެވޭތޯ ބަލަން. ތިމާވެއްޓަށްޓަކައި އަޅުގަނޑަށް ކުރެވޭނީ ކޮން ކަމެއްތޯ ވެސް ބަލަން. އެ ގޮތުން މިއަދު މިއީ ދުނިޔޭގެ ތިމާވެށީގެ ދުވަސް ކަމަށް ވުމުން މިއަދު ހިތަށް އެރީ ގަސްތަކުގެ ތެރެއިން އެއްބައި ގަސް ރަށުގެ ކޮންމެވެސް ސަހައްދެއްގައި އިންދަން ކަމަށް. އަދި މިކަމުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިކުރަން ބޭނުންވި” މި ޕްރޮގްރާމް ފެށިގެން އައި ގޮތް ހިއްސާކުރަމުން ސެހެއިލް ބުންޏެވެ.

ޒުވާނުންތަކެއް އިސްނަގައިގެން ކުރިއަށް ގެންދިޔަ ގަސް އިންދުމުގެ ޕްރޮގްރާމުގައި އުފާ އިން ބައިވެރިވަނީ – ފޮޓޯ: ފޭސްބުކް

ސުހެއިލް ވަނީ ފޭސްބުކާއި ވައިބާގެ އެކި ގުރޫޕްތަކުގައި މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ރާވާފައި ވާކަން އިއުލާންކޮށް މިކަމުގައި ގިނަ ބަޔަކު ބައިވެރިވުމަށް ގޮވާލާފައެވެ. ސުހެއިލްގެ މި އިސްނެގުމަށް އިޖާބަދީ އުނގޫފާރުގެ ގިނަ ޒުވާނުންނާއި އަދި ރަށު ކައުންސިލްގެ އެއްބާރުލުން މިކަމަށް ލިބިގެން ދިޔަކަން ސުހެއިން ފާހަގަކުރިއެވެ.

ސުހެއިލް އިތުރަށް ބުނި ގޮތުގައި މި އިވެންޓުގައި ބައިވެރިވި ހުރިހާ ބޭފުޅުންނަށް ސުކުރު އަދާކުރަން ބޭނުން ކަމަށާއި އެ ބޭފުޅުންގެ އެހީތެރިކަން ނުލިބި މިފަދަ ކަމެއް ނުކުރެވޭނޭ ކަމަށެވެ. އަދި އުނގޫފާރު ފެހި ކުރުމަށް ކުރާ މަސައްކަތުގައި ރަށުގެ އެންމެހާ ރައްޔިތުންގެ އެއްބާރުލުން ލިބިގެން ދިއުމަކީ ސުހެއިލްގެ ވަރަށް ބޮޑު އުންމީދެކެވެ.

 

 

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.
avatar
Close