ޚަބަރުދީން

“ޒިލާން އަލިގަދަ ތަރި 1440” ގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު ފަސްކޮށްފި

މި ރޯދަމަހު އުފާއިން ކުރިއަށްގެންދިޔަ “ޒިލާން އަލިގަދަ ތަރި 1440” ގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު ފަސްކޮށްފިއެވެ.

ކުރިން މިރޭ ބޭއްވުމަށް ހަމަޖެހިފައިއޮތް ރަސްމިއްޔާތު އުފާއިން ފަސްކުރީ މިރަސްމިއްޔާތަށް ވަޑައިގަތުމަށް ދައުވަތު އަރުވާފައިވާ މުހިއްމު ބައެއްފަރާތްތަކަށް މިރޭގެ ރަސްމިއްޔާތަށް ވަޑައިގަނެވެން ނެތުމުންނެވެ.

މިރަސްމިއްޔާތު އުފާއިން ފަސްމިކުރީ މިކަށްވާންޖެހޭ ހުރިހައި ތައްޔާރީތަކެއްވެސް ނިމިފައިވަނިކޮންނެވެ. މިރޭގެ މިރަސްމިއްޔާތު ފަސްކުރި ކަމުގައި ވީނަމަވެސް “ފޮލޯމީ އުފާ ރޯދަކުއިޒް 1440” ނަތީޖާ އިއުލާނުކުރުން ކުރިންވެސް ހަމަޖެހިފައިވާ ގޮތަށް މިރޭ ކުރިއަށްދާނެއެވެ.

“ޒިލާން އަލިގަދަ ތަރި 1440”  ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް މިހާރު ހަމަޖެހިފައިވަނީ މިމަހުގެ ފަހުކޮޅުއެވެ. އަދި ތާރީހު ފަހުން އިއުލާނު ކުރާނެ ކަމަށް އުފާއިން މައުލޫމާތު ދެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close