ޙަބަރު

ފޮލޯމީ އުފާ ރޯދަ ކުއިޒްގެ ގުރުއަތުލުން ބާއްވައިފި

އުނގޫފާރު ފޯސްޓަރިން އެވެއާނެސް އެސޯސިއޭޝަން (އުފާ) އިން މި ރަމަޟާން މަހު ކުރިއަށް ގެންދިޔަ ދީނީ ސުވާލު މުބާރާތް “ފޮލޯމީ އުފާ ރޯދަ ކުއިޒް 1440” ގުރުއަތުލުން ބާއްވާައިފިއެވެ. މި ގުރުއަތުލުން އޮތީ ރޭ 21:50 ގައި މި މުބާރާތުގެ ސްޕޮންސާ ފޮލޯމީ ހާޑްވެއާ ފިހާރަ ތެރޭގައެވެ.

މި މުބާރާތުގައި ޖުމްލަ 264 ބައިވެރިން ބައިވެރިވެފައި ވާއިރު މުބާރާތުގައި ކުރި ޖުމްލަ 29 ސުވާލުގެ ތެރެއިން ހުރިހާ ސުވާލަކަށް ޖަވާބު ފޮނުވާފައި ވަނީ 149 ފަރާތަކުންނެވެ. އަދި ހުރިހާ ސުވާލެއްގެ ޖަވާބު ރަނގަޅުކޮށްފައި ވަނީ 25 ފަރާތަކުންނެވެ. މި 25 ފަރާތުގެ މެދުގައި ނެގުނު ގުރުއަތުލުމުގައި ގުރުއަތުން ހޮވިފައި ވާ 3 ފަރާތަކީ ހުޒެއިމާ މުޙައްމަދު، ވީލްޑެން، ރ.އުނގޫފާރު، އަބްދުލް ރަޝީދު އިސްމާއިލް، ކެނެރީވިލާ، ފ.ނިލަންދޫ، އަދި އިބްރާހިމް ރަޝީދު، އެހުރު، ފ.ނިލަންދޫ އެވެ. މި 3 ފަރާތުގެ ތެރެއިން ކޮންމެ ފަރާތަކަށް 1500ރ ގެ ފައިސާގެ އިނާމެއް ލިބިގެން ދާނެއެވެ.

ގުރުއަތުން ހޮވުނު މި 3 ފަރާތުގެ ތެރެއިން ހުރިހާ ސުވާލެއްގެ ޖަވާބު ރަނގަޅުކޮށްފައިވާ ފާރާތްތައް ތިރީގައި މި ވަނީއެވެ.

އަބްދުލް ވައްހާބު، ރ.ކިނޮޅަސް
އަބްދުލް މުއީދު އަބްދުލް ރަޝީދު، ފ.ނިލަންދޫ
މަރިޔަމް ފާއިޒާ، ސ.ފޭދޫ
ޝަހްޒާ އަބްދުލް ރަޝީދު، ފ.ނިލަންދީ
އަބްދުލް އަހަދު އަބްދުލް ރަޝީދު، ފ.ނިލަންދޫ
ދިޔާނާ އަބޫބަކުރު، ރ.އުނގޫފާރު
އިބްރާހިމް އާނިފް، ވ.ކެޔޮދޫ
އަހުމަދު ސާހިލް، ރ.ކިނޮޅަސް
އަރްޒާ ޙަސަން، ކ.މާލެ
ޝަހުދާ އަބްދުލް ރަޝީދު، ފ.ނިލަންދޫ
ޝަހުޒާ އަބްދުލް ރަޝީދު، ފ.ނިލަންދޫ
ހުސެއިން ފިރާގު، ފ.ބިލެއްދޫ
އާސިމާ އަބްދުލް މަޖީދު، ދ.ހުޅުދެލި
އަބްދުﷲ އާރިފް، ރ.ވާދޫ
އަބްދުﷲ ޝަރީފް، ރ.ކިނޮޅަސް
ފާޠިމަތު ނައީޝާ ޖާދުﷲ އަބްދުލް ބާރީ، ރ.އުނގޫފާރު
ފާޠިމަތު ފައުޒިއްޔާ، ހދ.ނޮޅިވަރަން
ފާޠިމަތު އަޜުޝާނާ ޙަސަން، ކ.މާލެ
އަބްދުލް މުއީދު އަބްދުލް ރަޝީދު، ފ.ނިލަންދޫ

 

ފޮލޯމީ އުފާ ރޯދަ ކުއިޒް އަކީ އުފާއިން ކޮންމެ ރަމަޟާން މަހަކު އޮންލައިންކޮށް ކުރިއަށް ގެންދާ ދީނީ ސުވާލު މުބާރާތެކެވެ. މި ސުވާލު  މުބާރާތަށް  ކުރިއަށް ދިޔައީ މިކަމަށްޓަކައި ތައްޔާރުކޮށްފައިވާ ޙާއްސަ އޮންލައިން ޕޯޓަލްއެއްގެ އެހީގައި އެމީހެއްގެ ފޯން ނަންބަރާއި އެސްއެމްެސް ކުރެވޭ ކޯޑެއް ބޭނުންކޮށްގެން ލޮގިންވާ ގޮތަށެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close