ކޮވިޑް-19

[covid-19-global-overview]
ކުޅިވަރު

އެމްޖޭއެސް ފުޓުބޯލް ޗެލެންޖް – ޑާޑުގެ 4 ވަނަ ފައިނަލް

ރ.މީދޫ ޖަމިއްޔަތުއް ޞަލާޙުން ކޮންމެ އަހަރަކު ރ.މީދޫގައި ބާއްވަމުން އަންނަ ފުޓުބޯޅާ މުބާރާތް “އެމްޖޭއެސް ފުޓްބޯލް ޗެލެންޖު” ގެ މިއަހަރުގެ މުބާރާތުގެ ފައިނަލް މެޗު މިއަދު ހަވީރު ރ.މީދޫ ފުޓްބޯޅަ ދަނޑުގައި އޮންނާނެއެވެ. ރ.މީދޫގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ފޯރިގަދަ ފުޓުބޯޅަ މުބާރާތުގެ ފައިނަލްގައި މި އަހަރު ސްޕައި އެފްސީ އާއި އެފްސީ ހަރިކޭން ބައްދަލުކުރާ އިރު އުނގޫފާރު އެފްސީގެ ކެޕްޓަން އުޒެއިރް ޙަސަން (ޑާޑް) އަށް މި މެޗު އެންމެ ޙާއްސަ ވަނީ އެއީ އޭނާ މި މުބާތުގައި ކުޅޭ 4 ވަނަ ފައިނަލަށް ވުމާ ވެސް އެކުއެވެ.

ސްޕައި އެފްސީ

މި މުބާރާތުގެ އެންމެ ކާމިޔާބު ކުލަބު، ޑީ ސްކޮޑު އެފްސީއާ އެކު ޑާޑް ވަނީ 3 ފަހަރަށް މި މުބާރާތުގެ ތަށި އުފުލާލާފައެވެ. އަދި 2017، 2016 އަދި 2015 ވަނަ އަހަރު މި މުބާރާތް ޑީ ސްކޮޑް އެފްސީން ކާމިޔާބު ކުރުމުގައި ޑާޑް ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. މުބާރާތުގެ ތަށި 5 ފަހަރަށް އުފުލާލާފައިވާ ޑީ ސްކޮޑް އެފްސީ މި އަހަރުގެ މުބާރާތުގައި ބައިވެރި ނުވި ނަމަވެސް ޑާޑް ވަނީ މި އަހަރުގެ މުބާރާތުގައި ސްޕައި އެފްސީގެ ޑިފެންސް ބަލަހައްޓަން ހަވާލުވެފައެވެ. ރ.އަތޮޅުގެ ފެންވަރުގައި ފާހަގަކޮށްލެވޭ އެންމެ މޮޅު އެއް ޑިފެންޑަރ މިފަހަރު ސްޕައި އެފްސީގައި ހުރުމަކީ އެ ޓީމަށް މިފަހަރު ލިބިގެންދާނެ އެންމެ ބޮޑު އެއް ހިއްވަރެވެ.

ޑާޑްގެ އިތުރުން ސްޕައި އެފްސީގައި މިފަހަރު އުނގޫފާރު އެފްސީގެ އިތުބާރު ކުޅުންތެރިޔާ އަލީ އުނައިސް ވެސް ހިމެނެއެވެ. އެހެން ކަމުން މިއަދު މެޗު ވެފައި ވަނީ މީދޫގެ އިތުރުން އުނގޫފާރުގެ ފުޓްބޯޅައަށް ލޯބި ކުރާ ޒުވާނުން ބަލައިލަން ކެއްމަދުވެފައިވާ ފައިނަލަކަށެވެ. މީގެ އިތުރުން މިއަދުގެ މެޗު އިތުރަށް ފޯރިގަދަވެ ހިތްގައިމު ވެގެން ދާނީ ސްޕައި އެފްސީގައި މިފަހަރު ރ.އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އަހުމަދު އާސިފް (އޮއިއްޓޭ)، މާޖިދު އަބްދުލް ޤަފޫރު ފަދަ ކުޅުންތެރިންގެ ކުޅުން ފެނިގެންދާނެތީއެވެ.

މި މެޗު ފެށުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު 16:00 ގައި ރ.މީދޫ ފުޓުބޯޅަ ދަނޑުގައެވެ. އެމްޖޭއެސް ފުޓްބޯޅަ ޗެލެންޖުގައި މިއަހަރު 3 ޓީމަކުން ބައިވެރިވެފައި ވެއެވެ. އެއީ މިއަދު ހަވީރު ފައިނަލްގައި ވާދަ ކުރާ ސްޕައި އެފްސީ އާއި އެފްސީ ހަރިކޭންސްގެ އިތުރުން އެފްސީ ނޯޖަވާންއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.
avatar
Close