ކުޅިވަރު

ދުވާފަރު ފުޓްސަލް ޗެލެންޖް ފެށިގެން ކުރިއަށް ދަނީ

ރ.ދުވާފަރު ޒުވާނުންގެ ޖަމިއްޔާ އާއި ދުވާފަރު ޔޫތު މޫމެންޓް ގުޅިގެން ކުރިއަށް ގެންދާ ފުޓްސަލް މުބާރާތް “ދުވާފަރު ފުޓްސަލް ޗެލެންޖު 2019” އިއްޔެ ފަށައިފިއެވެ. ދުވާފަރު ދަންޑެހެލު ސްޓޭޑިއަމްގައި އިއްޔެ ހަވީރު ފެށި މި މުބާރާތުގައި 4 ޓީމަކުން ވާދަކުރެއެވެ. އެއީ އިލެވެން އެޓޭކާސް، ސިލްވާ ޔުނައިޓެޑް، ދުވާފަރު ޕޮލިސް އަދި ޑާރކް ޕާރކްއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ އިލެވެން އެޓޭކާސް އާއި ސިލްވާ ޔުނައިޓެޑް އެވެ. މި މެޗު 1-4 ން ކާމިޔާބު ކުރީ އިލެވެން އެޓޭކާސް އެވެ. މި މެޗުގައި އިލެވެން އެޓޭކާސްގެ 4 ލަނޑު ވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އެ ޓީމުގެ ޖޯޒީ ނަމްބަރ 11 އިބްރާހިމް ރަޝީދު (ޖެރާޑް) އެވެ. ސިލްވާރ ޔުނައިޓެޑްގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ޖޯޒީ ނަމްބަރު 17 ހުސެއިން އަލީއެވެ.

މި މުބާރާތުގައި މިއަދު ވެސް މެޗެއް ކުޅެން ހަމަޖެހިފައި ވާއިރު މި މެޗުގައި ބައްދަލުކުރާނީ ޑާރކް ޕާކް އަދި ދުވާފަރު ޕޮލިސްއެވެ. މި މުބާރާތުގެ ފައިނަލަށް ދަތުރު ކުރާނީ ކޮންމެ ޓީމަކުން ވެސް އަނެއް ޓީމާ ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓު ހޯދާ 2 ޓީމެކެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅެން ހަމަޖެހިފައި ވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ. މި މުބާރާތުގެ ޗެންޕިއަން ޓީމަށް 15000ރ ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މެޗް ޝެޑިއުލް

8 ޖޫން 2019، 16:3011 އެޓޭކާސް އަދި ސިލްވާ ޔުނައިޓެޑް
9 ޖޫން 2019، 16:30ޑާރކް ޕާރކް އަދި ދުވާފަރު ޕޮލިސް
10 ޖޫން 2019، 16:0011 އެޓޭކާސް އަދި ދުވާފަރު ޕޮލިސް
10 ޖޫން 2019، 17:00ސިލްވާރ ޔުނައިޓެޑް އަދި ޑާރކް ޕާރކް
11 ޖޫން 2019، 16:00ޑާރކް ޕާރކް އަދި 11 އެޓޭކާރސް
11 ޖޫން 2019، 17:00ދުވާފަރު ޕޮލިސް އަދި ސިލްވާރ ޔުނައިޓެޑް
13 ޖޫން 2019، 16:00ފައިނަލް މެޗް

 

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.
avatar

ކިޔާލުން ރަނގަޅު

Close
Close