ކޮވިޑް-19

[covid-19-global-overview]
ޚަބަރު

“ދުޅަހެޔޮ ހަށިހެޔޮ ރައްޔިތެއް ބިނާކުރުން” ކަސްރަތު ޕްރޮގްރާމް އުނގޫފާރުގައި ފެށުމަށް ތައްޔާރު ވަނީ

“ދުޅަހެޔޮ، ހަށިހެޔޮ ރައްޔިތެއް ބިނާކުރުން” މި ނަމުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައވާ ކަސްރަތު ޕްރޮގްރާމް އުނގޫފާރުގައި ފެށުމަށް ތައްޔާރުވެއްޖެއެވެ. މިއީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ 1 ވަޢުދު ކަމުގައިވާ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ސްޕޯޓްސް ކައުންސިލިންގެ ޚިދުމަތް ދިނުމަށް ކޮންމެ ރަށަކަށް ސްޕޯޓްސް ކައުންސިލަރަކު އައްޔަންކޮށް ހިންގޭ ޕްރޮގުރާމްތަކުގެ ތެރެއިން ބައެކެވެ.

އުނގޫފާރުގެ ސްޕޯޓްސް ކައުންސިލަރ އަބްދުﷲ ޔާސިރު އުނގޫފާރު.ކޮމް އަށް މަޢުލޫމާތު ދިން ގޮތުގައި މި ޕްރޮގުރާމް މި މަހު ތެރޭގައި އުނގޫފާރުގައި ފެށުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ކުރެވެމުންނެވެ. މި ގޮތުން މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމް މާދަމާއިން ފެށިގެން މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމް ލިބެން ހުންނާނީ ރަސްމީ ގަޑިތަކުގައި އުނގޫފާރު ކައުންސިލުންނާއި އުނގޫފާރު އިޖުތިމާއީ މަރުކަޒުންނެވެ.

މި ޕްރޮގްރާމަށް އުނގޫފާރުން ބޮޑު ތަރުހީބެއް ލިބެމުންދާކަން ފާހަގަ ކުރަމުން ޔާސިރު ބުނި ގޮތުގައި މި ޕްރޮގްރާމާ ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް ވައިބާ ގުރޫޕެއް ހަދާފައި ވާނަކަމަށާއި އެ ގުރޫޕުގައި މިހާރު ވެސް މިކަމުގައި ބައިވެރިވާން ބޭނުންވާ 140 އަށް ވުރެ ގިނަ މީހުން އެބަ ތިއްބެވެ.

ޔާސިރު މަޢުލޫމާތު ދިން ގޮތުގައި މި ޕްރޮގްރާމް ކުރިއަށް ދަނީ އެކި އުމުރުފުރާތަކަށް ބަހާލައިގެންނާއި، ސަރުކާރުގެ ވަޒީފާ ތަކުގައި އުޅޭ މީހުންނާއި އެ ނޫން މީހުން ފާހަގަކޮށް އެންމެނަށް ވެސް ފަސޭހަ ވާނޭހެން އެކި ގުރޫޕްތަކަށް ބަހާލައިގެންނެވެ. އަދި މި ޕްރޮގްރާމުގައި ޕްރެކްޓިކަލް ސެޝަންތައް ބޮޑަށް ކުރިއަށް ގެންދާނީ ފަތިހު އާއި ރޭގަނޑެވެ. އޭގެ އިތުރުން އުނގޫފާރުގެ ރައްޔިތުންގެ މެދުގައި އިޖުތިމާޢީ ގުޅުން ބަދަހިކޮށް ވަރުގަދަ ކުރުމުގެ ގޮތުން ބައެއް ހަރަކާތްތައް ހަވީރުވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައވެ.

މި ޕްރޮގްރާމުގައި ބަނޑުގެ ކަސްރަތާއި، ނޭވާލާ ނިޒާމަށް ދިމާވާ މައްސަލަތަކުން ސަލާމަތްވުމަށް ދެވޭ ކަސްރަތު ތަކާއި، ޑައިނެމިކްސް ކަސްރަތު ތަކާއި އެކި ކަހަލަ ވޯކްއައުޓްސްތައް ހިމެނޭނެ ކަމަށް ޔާސިރު މަޢުލޫމާތު ދިނެވެ. އެ ގޮތުން 28 ދުވަހުގެ މައްޗަށް ބަހާލައިގެން ކުރިއަށް ގެންދާނެ 5 ވައްތަރެއްގެ ވޯކް އައުޓްސް ހިމެނޭ ޕްލޭނެއް މިހާރު ވަނީ ތައްޔާރުކުރެވިފައެވެ. މި ވޯކްއައުޓްސް ތައް ކުރިއަށް ގެންދަނީ 2 ދުވަހު ނުވަތަ 3 ދުވަހު ކަސްރަތު ކުރުމަށް ފަހު 3 ވަނަ ނުވަތަ 4 ވަނަ ދުވަހު ރެސްޓު ދިނުމަށް ފަހު އަނެއްކާ ވެސް އަނެއް ދުވަހު ފަށާ ކަހަލަ އުޞޫލެއްގެ ދަށުންނެވެ.

ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށްޓަކައި ފަތިޙު އަދި ރޭގަނޑު ދުވަން ގޮސް ކަސްރަތުކޮށް އުޅުމަކީ އުނގޫފާރުން ކޮންމެވެސް ވަރަކަށް ފެންނަމުންދާ މަންޒަރެކެވެ. އެހެން ކަމުން ސްޕޯޓްސް ކައުންސިލިންގެ ޚިދުމަތާ އެކު މިފަދަ ޕްރޮގްރާމެއް ހިންގުމަކީ މިގޮތަށް މިހާރުވެސް ކަސްރަތުކޮށް އުޅޭ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ރަނަގަޅު ފުރުސަތެކެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close