ކޮވިޑް-19

[covid-19-global-overview]
ޚަބަރުރ.އަތޮޅު

އަނގޮޅިތީމް މިސްކިތުގައި ޤުރްއާން ކިޔަވައިދޭން ފަށައިފި

ރ.އަނގޮޅިތީމުގެ 2 މިސްކިތެއްގައި ޤުރްއާން ކިޔަވައިދޭ ކުލާސްތައް މިއަދު  ފަށައިފިއެވެ. އަނގޮޅިތީމްގައި ޤުރްއާން ކުލާސްތައް ފަށާފައި ވަނީ އަނގޮޅިތީމްގެ ފިރިހެނުން ނަމާދުކުރާ 2 މިސްކިތް ކަމުގައިވާ މަސްޖިދުއް ނޫރު އަދި މަސްޖިދުއް ތަޢާލުފް ގައެވެ. މިސްކިތްތަކުގައި ކީރިތި ޤުރްއާން ކިޔަވައިދެން ފެށުމަކީ ރައީސް އިބުރާހިމް މުޙައްމަދު ޞާލިހުގެ ވަޢުދެކެވެ.

އަނގޮޅިތީމް ކައުންސިލުން މަޢުލޫމާތު ދިން ގޮތުގައި ގުރުއާން ކުލާސްތަކުގައި ޖުމްލަ 74 ކުދިން ބައިވެރިވެފައި ވެއެވެ. އަދި ކިޔަވައި ދިނުން ކުރިއަށް ގެންދަނީ 3 ގުރޫޕަކަށް ބަހާލައިގެންނެވެ. އެއީ އަކުރު ދަސްކުރާ ކުދިން ވަކި ގުރޫޕަކަށް، އަންމާ ފޮތުން ކިޔަވާ ކުދިން ވަކި ގުރޫޕަކަށް އަދި ހަތިމުން ކިޔަވާ ކުދިން ވަކި ގުރޫޕަކަށް ބަހާލައިގެންނެވެ.

މި ކުލާސްތަކުގެ ތެރެއިން އަކުރު ދަސްކުރާ ކުލާހުގައި 28 ކުދިން ބައިވެރިވެފައި ވާއިރު މި ކުދިންގެ ކުލާސް ކުރިއަށް ދާނީ މެންދުރު ފަހު 2:00 ގައި މަސްޖިދުއް ނޫރު ގައެވެ. އަންމާ ފޮތުން ކިޔަވާ ކުދިންގެ ކުލާސް ކުރިއަށް ދާނީ ހަވީރު 4:00 ން 4:30 އަށް މަސްޖިދުއް ތައާލުފުގައެވެ. މި ކުލާހުގައި 25 ކުދިން ބައިވެރިވެފައިވެއެވެ. އަދި ހަތިމުން ކިޔަވާ 21 ކުދިންގެ ކިޔެވުން ކުރިއަށް ދާނީ ހަވީރު 4:00 ގައި މަސްޖިދުއް ނޫރުގައެވެ.

އަނގޮޅިތީމް ކައުންސިލުން މަޢުލޫމާތު ދިން ގޮތުގައި މި ކުލާސްތަކުގައި ކިޔަވައިދެއްވާނީ އަނގޮޅިތީމް ފިރިހެނުންގެ 2 މިސްކިތާއި އަންހެނުންގެ މިސްކިތުގެ މުދިމުންނެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close