ކޮވިޑް-19

[covid-19-global-overview]
ޚަބަރު

އުނގޫފާރު ސްކޫލްގައި ހެނދުނުގެ ނާސްތާ ޕްރޮގްރާމް މާދަން ފެށޭނެ

ރާއްޖޭގެ ސްކޫލްތަކުގައި ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމް މާދަމާ ފެށިގެން ދާއިރު އުނގޫފާރު ސްކޫލްގައި ވެސް މާދަމާ މި ޕްރޮގްރާމް ފެށޭނެއެވެ. އުނގޫފާރު ސްކޫލްގައި 1 ދަންފަޅިއަށް ކިޔަވައިދެމުން ދިއުމާއެކު މި ޕްރޮގްރާމްގައި ސްކޫލްގެ ހުރިހާ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ލިބިގެންދާނެއެވެ.

އުނގޫފާރު ސްކޫލްގައި ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމަށް ބީލަން ހުށައެޅި 3 ފަރާތުގެ ތެރެއިން ބީލަން ކާމިޔާބުކޮށްފައި ވަނީ ޔައުޤޫބް ޔޫސުގް، ފަންގި ރ.އުނގޫފާރުގެ މެހެމާން އިންވެސްޓްމެންޓް އިންނެވެ. ޔައުގޫބް ޔޫސުފް އަކީ މީގެ ކުރިން އުނގޫފާރުގައި ރެސްޓޯރެންޓެއް ހިންގާ ފުޅާ ދާއިރާއެއްގައި ކެޓަރިން ޚިދުމަތް ދީފައިވާ ފަރާތެކެވެ.

މި ޕްރޮގްރާމުގެ ދަށުން ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމަށް މެނޫތަކެއް ތައްޔާރުކޮށްފައިވެއެވެ. އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތުދޭ ގޮތުގައި މި މެނޫތައް ތައްޔާރުކޮށްފައި ވަނީ ޔުނިސެފްގެ އެހީއާ އެކުއެވެ. މި މެނޫތަކުގައި ހިމެނެނީ ރޮށި، ޕާން، ބިސްގަނޑު، ކިރު، ފަތު މަސްހުނި، ބަށި މަސްހުނި، ބަރަބޯ މަސްހުނި، ތަރުކާރީ މަސްހުނި،  ބޭކަޑްބީންސް، ސޭންޑްވިޗް، ޗީޒް ސޭންޑްވިޗް، އަދި ޕީނަޓްބަޓަރއެވެ.

ސްކޫލްތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ވައުދެކެވެ. މީގެ ކުރިން މި ޕްރޮގްރާމުގެ އަޖުމަ ބެލުމުގެ ގޮތުން ކޮންމެ އަތޮޅެއްގެ ވެސް ކޮންމެ ވެސް 1 ސްކޫލެއް ހިމެނޭ ގޮތަށް 25 ސްކޫލަކަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮގްރާމް ތައާރަފުކޮށްފައިވެއެވެ. މި ގޮތުން ރ.އަތޮޅުގައި މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ ރ.މީދޫގައި ހުންނަ ރ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close