ކުޅިވަރު

ދުވާފަރު ފުޓްސަލް ޗެލެންޖް – ފައިނަލްގެ ފުރަތަމަ ޖާގަ 11 އެޓޭކާސްއަށް

ދުވާފަރު ޔޫތު މޫމެންޓް އިން އިންތިޒާމްކޮށްގެން ދުވާފަރު ޒުވާނުންގެ ޖަމިއްޔާއާ ގުޅިގެން ދުވާފަރުގައި މިހާރު ކުރިއަށްދާ ފުޓްސަލް މުބާރާތް “ދުވާފަރު ފުޓްސަލް ޗެލެންޖް” ގެ ފުރަތަމަ ޖާގަ 11 އެޓޭކާސް އިން ކަށަވަރުކޮށްފިއެވެ. 11 އެޓޭކާސް ފައިނަލަށް ދަތުރުކުރީ ކުޅުނު 2 މެޗުންވެސް މޮޅުވެ 6 ޕޮއިންޓު ހޯދައިގެންނެވެ.

އިލެވެން އެޓޭކާސް ފައިނަލަށް ދަތުރުކޮށްފައި ވަނީ މުބާރާތުގެ ފުރަތަމަ މެޗުގައި ސިލްވާ ޔުނައިޓެޑްގެ މައްޗަށް 4-1 ން ހޯދި މޮޅާއެކު އެ ޓީމުން ކުޅުނު 2 ވަނަ މެޗުގައި ދުވާފަރު ޕޮލިސް 0-1 ން ބަލިކޮށް ޖުމްލަ 6 ޕޮއިންޓު ހޯދައިގެންނެވެ. މި ނަތީޖާއާ އެކު ދުވާފަރު ޕޮލިސް ވަނީ މުބާރާތުގެ 2 ވަނަ މެޗުގައި ޑާރްކްޕާކް އަތުން 2-6 ގެ ބޮޑު ތަފާތަކުން ބަލިވެ ކުރިއަށް އެއް މެޗު އޮއްވާ މުބާރާތުން ކަޓާފައެވެ.

މުބާރާތުގެ ޕޮއިންޓް ޓޭބަލް – ފޮޓޯ: ދުވާފަރު ޔޫތު މޫމަންޓްސްް

މުބާރާތުގެ ގުރޫޕް ސެޓޭޖުގެ ފަހު 2 މެޗު ކުޅެން ހަމަޖެހިފައި ވަނީ މިއަދު ހަވީރުއެވެ. މިއަދު ހަވީރު ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޑާރްކް ޕާކް އަދި 11 އެޓޭކާސްއެވެ. 2 ވަނަ މެޗުގައި ބައްދަލު ކުރާނީ ސިލްވާ ޔުނައިޓެޑް އަދި ދުވާފަރު ޕޮލިސްއެވެ. މުބާރާތުގެ ފައިނަލްގެ ޖާގައެއް ކަށަވަރު ކުރުމަށް ސިލްވާރ ޔުނައިޓެޑްއަށް މިއަދުގެ މެޗުން މޮޅުވުން މުހިންމެވެ. އެޓީމުން ޑާރްކް ޕާކާ ބައްދަލުކުރި މެޗު 2-2 ން އެއްވަރުވެ ފުރަތަމަ މެޗުން ބަލިވެފައި ވުމުން ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ. އަނެއްކޮޅުން ޑާރކް ޕާކު ވަނީ އެއްމެޗުން މޮޅުވެ 4 ޕޮއިންޓާކެކު ފައިނަލްގެ 2 ވަނަ ޖާގަ ހޯދުމާ ގާތަށް ޖެހިލާފައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close