ރަށު ކުޅިވަރުކުޅިވަރު

އުނގޫފާރުގައި ފުޓްސަލް ލީގެއް ފަށައިފި

ޓޮޕް ވަން ލީގު 2019 ގެ ނަމުގައި އުނގޫފާރުގައި ފުޓްސަލް ލީގެއް ފަށައިފިއެވެ. މިލީގަކީ އުނގޫފާރު އިޖުތިމާއީ މަރުކަޒުން އިންތިޒާމް ކޮއްގެން އުނގޫފާރުގެ ފުޓުސަލް ކުޅޭ ކުދިންނަށް އަމާޒު ކޮއްގެން ހިންގޭ ލީގެކެވެ. މިލީގުގެ މަގުސަދަކީ އުނގޫފާރުގައި ފުޓުސަލް ކުޅޭ ކުދިންނަށް ވާދަވެރިކޮށް ފުޓުސަލް ކުޅެ، ކުޅިވަރުގެ ރޫހު އުނގޫފާރުގެ ޒުވާނުންގެ މެދުގައި އަށަގެންނެވުމާއި އިޖުތިމާއީ މަރުކަޒުގެ ބޭނުން ވީހާވެސް ގިނަ ޒުވާނުންނަށް ބޭނުންކުރެވޭނެ މަގު ފަހިކޮށް ދިނުންކަމުގައި އެމަރުކަޒުން މައުލޫމާތު ދެއްވައެވެ.

5 ޓީމު ބައިވެރި ވެގެން ކުރިޔަށް ގެންދާ މިލީގުގައި ކޮންމެ ޓީމެއް 2 ލެގު ކުޅޭނެއެވެ. އެންމެ ގިނަ ޕޮއިންޓު ހޯދާ ޓީމަކަށް މުބާރާތުގެ ޗެމްޕިއަންކަން ލިބޭގޮތަށް ރޭވިފައިވާ މި ލީގު ގައި ޖުމުލަ 20 މެޗު ކުޅެވޭނެއެވެ. ލީގުގައި ބައިވެރިވެފައިވާ 5 ޓީމަކީ ޓީމް އޮރި، ކޭޑީ އެފްޓީ ، ޓީމު ރޮދި ، ބަކަރި ސިޓީ އަދި ޑިކްޓޭޓާސް އެވެ.

ޖޫންމަހުގެ 20 އާއި ހަމަޔަށް ޝެޑިއުލް ކުރެވިގެން ކުރިޔަށް ގެންދާ މި ލީގުގެ  ޗެމްޕިއަން ޓީމަށް ވަނީ ފައިސާގެ އިނާމް ހުށަހަޅާފައެވެ. އަދި މިލީގަކީ ކުރިޔަށް އޮތް ތަނުގައި މިހާރަށް ވުރެ އިތުރަށް ފުޅާކޮށް ކުރިއަށް ގެންދާނެ ލީގެއްކަމަށް އިޖުތިމާއީ މަރުކަޒުން މައުލޫމާތު ދެއްވައެވެ. މިލީގުގެ މެޗުތައް ކުޅެން ހަމަޖެހިފައިވަނީ އިޛުތިމައީ މަރުކަޒުގެ ފުޓުސަލް ދަނޑުގައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close