ޙަބަރު

އުނގޫފާރު މަގު ހެދުމުގެ މަޝްރޫއުގެ ޑިޒައިނަށް ބަދަލެއް ގެންނަނީ

އުނގޫފާރު މަގު ހެދުމުގެ މަޝްރޫއުގެ ޑިޒައިނަށް ބަދަލެއް ގެންނަން ނިންމާފައިވާ ކަން އެ މަޝްރޫއު މިހާރު ހަވާލުކޮށްފައިވާ އެމްޓީސީސީން ހާމަކޮށްފިއެވެ. އެމްޓީސީސީން މިއަދު ނެރުނު ބަޔާނެއްގައި ހާމަކޮށްފައި ވަނީ އެ ކުންފުންޏަ ހަވާލުކޮށްގެން ހިންގާ 7 ރަށެއްގެ މަގު ހެދުމުގެ މަޝްރޫއުގެ ޑިޒައިނަށް ބަދަލެއް ގެނައުމަށް ނިންމާފައިވާ ކަމަށެވެ. ޑިޒައިނަށް ބަދަލު ގެނައުމަށް ނިންމާފައި ވަނީ އުނގޫފާރުގެ އިތުރުން، ހދ.ހަނިމާދޫ، ބ.އޭދަފުށި، ބ.ދަރަވަންދޫ، ސ.ހުޅުމީދޫ ބަހާއުއްދީން މަގު، ލާމު ފޮނަދޫގެ މަގު ހެދުމުގެ މަޝްރޫއާއި ފުވައްމުލަކު ލިންކް ރޯޑުގެ މަޝްރޫއެވެ.

މަގު ހެދުމުގެ މަޝްރޫއަށް ގެންނަން ނިންމާފައިވާ މައިގަނޑު ބަދަލަކީ ތާރު އެޅުމުގެ ކުރިން އަޅާ ބޭސް ކޯސް ފަށަލަ ސިމެންތިއާއި ވެލި ބޭނުންކޮއްގެން އެޅުމުގެ ބަދަލުގައި ހިލަ އަޅައިގެން އެ ފަށަލަ އެޅުން ކަމަށް އެމްޓީސީސީގެ ބަޔާނުގައި ބުނެފައިވެއެވެ. މި ބަދަކު މި ގޮތަށް ގެނައުމުން މަގުތަކުގައި ތާރު އެޅުމުން މަގުތަކުގެ ފެންވަރު ރަނގަޅުވެ އިތުރަށް ވަރުގަދަވެގެން ދާނެއެވެ. އެމްޓީސީސީން ބުނެފައި ވަނީ މި ބަދަލު ގެނައުމުގެ މަޤުސަދަކީ ކުރީގެ ތަޖުރިބާއަށް ބެލުމަށް ފަހު މަޝްރޫއުތަކުގެ ފެންވަރު ރަނގަޅު ކުރުމެވެ.

އުނގޫފާރު ސްކޫލުގެ ހޫޅަނގަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ކުރިމަތީގައި އޮންނަ މަގުގައި ކުޑަ ތަންކޮޅެއްގައި މީގެ ކުރިން ވަނީ ބޭސް ކޯސް ލޭޔާ އަޅަން ފަށާފައެވެ. އޭގެ ފަހުން އެ މަޝްރޫއު ހުއްޓިފައި އޮތުމަށް ފަހު އަލުން ކުރިއަށް ގެންދިއުމަށް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ ހުސްވި މަހުއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.
avatar
Close