ޙަބަރުރ.އަތޮޅު

ރ.އަތޮޅު ކައުންސިލްގެ ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ރ.އަތޮޅު ޤުރްއާން މުބާރަތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިއީ އަތޮޅު ކައުންސިލުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ޤުރްއާން މުބާރާތެކެވެ.

ރ.އަތޮޅު ކައުންސިލުން ވަނީ މި މުބާރާތް 3 ސެޕްޓެމްބަރ 2019 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާކަން އިއުލާންކޮށް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު 25 ޖުލައި 2019 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ހުޅުވާލާފައެވެ. މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ރަށްރަށުގެ ކައުންސިލްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކުރުމަށް ފަހު ރ.އަތޮޅު ކައުންސިލަށް ހުށައެޅުމަށް އެ ކައުންސިލްގެ އިއުލާނުގައި އެދިފައިވެއެވެ. މިއަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ ރ.އުނގޫފާރުގައެވެ.

މި މުބާރާތުގައި ބަލައިގެން ކިޔެވުމުގެ ބަޔާއި ހިތުން ކިޔެވުމުގެ ބައި ހިމެނެއެވެ. މި ގޮތުން ބަލައިގެން ކިޔެވުމުގެ ބައިގާ ހިމެނޭ މުޤައްރަރުތަކަކީ ވިދިވިދިގެން 10 ފޮތް ތަޖުވީދުގެ ހަމަތަކުގެ މަތިން ކިޔެވުން، ވިދވިދިގެން 20 ފޮތް ތަޖުވީދުގެ ހަމަތަކުގެ މަތިން ކިޔެވުން، އަދި މުޅި ޤުރްއާން ތަޖުވީދުގެ ހަމަތަކުގެ މަތިން ކިޔެވުމުވެ. ނުބަލާ ކިޔެވުމުގެ ބައިގާ ހިމެނޭ މުޤައްރަރުތަކަކީ ވިދިވިދިގެން 5 ފޮތް، ވިދިވިދިގެން 10 ފޮތް އަދި ވިދިވިދިގެން 15 ތަޖުވީދުގެ ހަމަތަކުގެ މަތިން ކިޔެވުމެވެ.

އަތޮޅު ކައުންސިލްގެ ޤުރްއާން މުބާރާތުގައި ރ.އަތޮޅުގެ ހުރިހާ ރަށަކުން ވާދަކުރާ އިރު މި ޤުރްއާން މުބާރާތުން ހޮވާލެވޭ ކުދިން ވާދަކުރާނީ މާލޭގައި އޮންނަ ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close