ކޮވިޑް-19

ޚަބަރުރ.އަތޮޅު

ސައިކަލުން ވެއްޓި އެމްޕީ ހަސަންޓޭއަށް އަނިޔާވެއްޖެ

ރައްޔިތުން މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަހުމަދު (ޙަސަންޓޭ) ދުއްވަމުން ދިޔަ ސައިކަލު ކަހާލައިގެން ވެއްޓި ވަރަށް ބޮޑަށް އަނިޔާވެއްޖެއެވެ. މި ޙާދިސާ ހިނގާފައި ވަނީ ރޭގެ ވަގުތެއްގައެވެ.

އުނގޫފާރު.ކޮމް އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޙަސަންޓޭގެ ސައިކަލު ކަހާލައިގެން ވެއްޓުނީ ހިނގާފަ ދިޔަ މީހެއްގެ ގައިން ނައްޓުވަން އުޅުމުގެ ތެރޭގައެވެ. މި ހާދިސާގައި ހަސަންޓޭގެ ނިއްކުރި ފަޅައިގެން ގޮސް ވާތު ފަޔަށް ވަރަށް ބޮޑަށް އަނިޔާވެފައި ވާކަމަށް މަޢުލޫމާތު ލިބެވެ. މެންބަރު ހަސަންޓޭ މިހާރު ވަނީ އޭޑީކޭގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައެވެ.

މެންބަރު ހަސަންޓޭއަށް ފަރުވާދިނުމަށް ފަހު – ފޮޓޯ: ޓުވިޓާރ

ހަސަންޓޭގެ ގާތް ބޭފުޅަކު މަޢުލޫމާތު ދިން ގޮތުގައި ހަސަންޓޭއަށް ސީރިއަށް އަނިޔާތަކެއް ނުލިބުނު ނަމަވެސް ފައިގެ ސާޖަރީއެއް ހަދަން ޖެހޭ ކަމަށް ޑޮކްޓަރުން ބުނެފައިވާކަމަށެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހަށް އަލަށް އިންތިހާބުވެވަޑައިގެން ހަސަންޓޭ އަކީ އެމްޑީޕީ އުފެދުނީއްސުރެ އެމްޑީޕީ އެކްޓިވިސްޓެއް ގޮތުގައި  މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. އަދި ނިމި ދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު އާއެކު ހަސަންޓޭ ވަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާފައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close