ކޮވިޑް-19

ޚަބަރު

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން އެޕޮއިންޓްމެންޓް ހެދުމުގެ ގަވާއިދަށް ބަދަލުތަކެއް ގެނެސްފި

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން އެޕޮއިންޓްމެންޓް ހެއްދުމުގެ ގަވާއިދަށް ބަދަލުތަކެއް ގެނެސްފިއެވެ. ޖޫންމަހުގެ 13 ވަނަ ދުވަހުން ފެށިގެން ގެނައި މި ބަދަލާއި އެކު މިހާރު ކުރިއަށް އޮންނަ ހަފްތާއަށް އެޕޮއިންޓްމެންޓް ހެއްދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އެޕޮއިންޓްމެންޓަށް އެދިލެއްވޭނީ ކުރިންވެސް އެޕޮއިންޓްމެންޓު ދޫކުރަމުން އަންނަ ގަޑިތަކުގައެވެ. އެއީ ކޮންމެ ދުވަހެއްގެ ހަވީރު 4:00 ން ރޭގަނޑު 11:00 ދެމެދުއެވެ.

އެޕްއިންޓްމެންޓް ހަމަޖެއްސުމަށް ގުޅުއްވާނެ ފޯނު ނަމްބަރަކީ 6580100 އެވެ. އަދި ހޮސްޕިޓަލް ކައުންޓަރަށް ވަޑައިގެންވެސް އެޕޮއިންޓްމެންޓް ހަމަޖެއްސޭނެވެ.

އެޕޮއިންޓްމެންޓް އެދިލެއްވޭނެ ޑޮކްޓަރުންނަކީ ޑެންޓިސްޓް، ގައިނެކޮލޮޖިސްޓް އަދި ރޭޑިއޮލޮޖިސްޓެވެ.

ޑެންޓިސްޓް އަށް ހެނދުނު 8:00ން ހަވީރު 4:00ށް ދޫކުރުމަށް ހަމަޖެހިފައިވަނީ 15 އެޕޮއިންޓްމެންޓެވެ. އަދި ހަވީރު 4:00ން ރޭގަނޑު 12:00ށް ދޫކުރުމަށް ހަމަޖެހިފައިވަނީ 15 އެޕޮއިންޓުމެންޓެވެ.

ގައިނެކޮލޮޖިސްޓަށް ހެނދުނު 8:00ން ހަވީރު 4:00ށް ދޫކުރުމަށް ހަމަޖެހިފައިވަނީ 25 އެޕޮއިންޓްމެންޓެވެ. އަދި ހަވީރު 4:00ން ރޭގަނޑު 12:00ށް ދޫކުރުމަށް ހަމަޖެހިފައިވަނީ 25 އެޕޮއިންޓުމެންޓެވެ.

ރޭޑިއޮލޮޖިސްޓަށް ހެނދުނު 8:00ން ހަވީރު 4:00ށް ދޫކުރުމަށް ހަމަޖެހިފައިވަނީ 15 އެޕޮއިންޓްމެންޓެވެ. މާބަނޑުމީހުން 5 މަހުގައި ކުރާ އެނޯމަލީ ސްކޭނަށް ކޮންމެދުވަހަކުވެސް 3 ނަމްބަރަށް ވުރެ ގިނަނުވާނެހެން އެޕޮއިންޓުމެންޓު ދޫކުރާނެއެވެ.

އެޕޮއިންޓްމެންޓު ލިބިނުލައްވާ ފަރާތްތަކަށް ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 11:00 ގައި އަދި ރޭގަނޑު 9:00ގައި ކެންސަލް ނަމްބަރު ހުރިކަމަށްވާނަމަ ކެންސަލް ނަމްބަރު ދޫކުރެވޭނެއެވެ. ކެންސަލް ނަމްބަރު ދޫކުރާނީ ހޮސްޕިޓަލް ކައުންޓަރުންނެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close