ޚަބަރުދީން

ކުލަބް ޔޫތު ސްޓާރގެ 16 ވަނަ ޤުރްއާން މުބާރާތުގެ ނަތީޖާފާޅުކުރުން މިރޭ ބާއްވަނީ

ކުލަބު ޔޫތު ސްޓަރގެ 16 ވަނަ ޤުރްއާން މުބާރާތުގެ ނަތީޖާ ފާޅުކުރުން މިރޭ އޮންނާނާނެއެވެ.  މި މުބާރާތުގެ ނަތީޖާ ފާޅުކުރުމާއި އިނާމުދިނުމުގެ ރަސްމިއްޔާތު އޮންނާނީ މިރޭ 20:40 ގައި ކުލަބު ޔޫތު ސްޓާރ ހޯލްގައެވެ.

މި މުބާރާތުގައި 9 އުމުރުފުރާ އަކުން ޖުމްލަ 150 ބައިވެރިން ބައިވެރިވެފައިވެއެވެ. ބަލައިގެން ކިޔެވުމާއި ނުބަލާ ކިޔެވުމުގެ ގޮފި ހިމެނޭ މި މުބާރާތުގެ އުމުރުފުރާ ތަކަކީ 4 އަހަރުން ދަށާއި، 6 އަހަރުން ދަށާއި، 7 އަހަރުން ދަށާއި، 9 އަހަރުން ދަށާއި، 11 އަހަރުން ދަށާއި، 13 އަހަރުން ދަށާއި، 16 އަހަރުން ދަށާއި، 19 އަހަރުން ދަށް އަދި 19 އަހަރުން މަތީގެ އުމުރު ފުރާގައި ބައިވެރިން ކިޔަވާފައިވެއެވެ.

މި މުބާރާތަކީ ކުލަބު ޔޫތު ސްޓާރ އިން ކޮންމެ އަހަރަކު ރަމަޟާން މަހު ސިލްސިލާކޮށް ބާއްވަމުން އަންނަ ޤުރްއާން މުބާރާތެކެވެ. އަދި މިއީ މި މުބާރާތް ޖެހިޖެހިގެން ބާއްވި 16 ވަނަ ފަހަރެވެ.

މި މުބާރާތުގެ ނަތީޖާ އިއުލާނުކުރުމާއި އިނާމު ދިނުމުގެ ރަސްމިއްޔާތު އުނގޫފާރު.ކޮމް ގެ ފޭސްބުކް ޕޭޖުން ލައިވް ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close